ލާމަރުކަޒީ ނިޒާމު ސިޔާސީ ނުކުރުމަށް އާދަމް ޝަރީފް އެދިވަޑައިގެންފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުންދާ މަރުހަލާގައި، ހިޔާލުފާޅުކޮށް، މަޝްވަރާ ކުރަމުންދާއިރު ލާމަރުކަޒީ ނިޒާމު ސިޔާސީ ނުކުރުމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު އެދިވަޑައިގެންފި އެވެ.

މިކަން މިނިސްޓަރ ހާމަކުރެއްވީ ލާމަރުކަޒީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

ވަޒީރު ފާހަގަ ކުރެއްވި ގޮތުގައި ލާމަރުކަޒީ ނިޒާމު ސިޔާސީ ކުރުމުގެ ސަބަބުން ނިޒާމަށް ފައިދާވެފައެއް ނުވެ އެވެ. އޭގެ ބަދަލުގައި ލާމަރުކަޒީ ނިޒާމަކީ ސިޔާސީ ހަތިޔާރަކަށް ހެދުމުން، އޭގެ ގެއްލުން މުޅި ނިޒާމަށް ފޯރަ އެވެ. ވުމާއެކު ލާމަރުކަޒީ ނިޒާމު އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު ސިޔާސީ ފިކުރާއި ޖަޒުބާތުން އެއްކިބާވެ، ބިނާކުރަނިވި ފާޑުކިޔުންތަކަށް މަގު ދައްކަވައި ދެއްވުމަށް މިނިސްޓަރ އެދިވަޑައިގެންނެވި އެވެ.

މިއަދުގެ ބައްދަލުވުމުގައި ކައުންސިލްތަކަކީ ދައުލަތުގެ މުއައްސަސާއަކަށްވާއިރު، އެ މުއައްސަސާތަކަށް ދޭންޖެހޭ އިހުތިރާމް ދެވޭފަދަ މާހައުލެއް އުފައްދަން ޖެހޭ ކަމަށާއި ކައުންސިލްތައް ޖަވާބުދާރީ ކުރުވުމުގެ މުހިންމުކަން މިނިސްޓަރ އާދަމް ޝަރީފު އުމަރު ފާހަގަ ކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލިސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް ލާމަރުކަޒީ ނިޒާމް ލާމަރުކަޒީ ކޮމިޓީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ