ފްލެޓް ގަތީ ބީއެމްއެލް އިން ލޯނެއް ނަގައިގެން، ނުދެއްކި 1.4 މިލިއަން އެބަ އިން: ހަލީލް

Advertisement

Advertisement

އެންމެ ފަސް

Advertisement

ހުޅުމާލެއިން ފްލެޓެއް ބައްލަވައިގަތީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނެގި ލޯނެއްގައި ކަމަށާއި، އެ ލޯނުގެ ބާކީ ނުދެއްކި 1.4 މިލިއަން އެބަ އޮތް ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

ހަލީލް މި ފެލްޓް ބައްލަވައިގެންފައި ވަނީ 3.1 މިލިއަން ރުފިޔާ އަށެވެ. މި ފްލެޓަކީ އެފްޑަބްލިއު ރެސިޑެންސްގެ ފްލެޓެކެވެ.

މި ފްލެޓަކީ 1،235 އަކަފޫޓުގެ ފްލެޓެކެވެ. މި ފްލެޓު ހަލީލުގެ ނަމަށް ބަދަލު ކުރަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މި މަހުގެ ހަތް ވަނަ ދުވަހު ކުރި ހުކުމުގައި ބުނެފައިވަނީ އެ ފްލެޓުގެ އަގު ހަލީލް ދައްކާފައިވާތީ ފްލެޓު އޭނާއަށް މިލްކުވެފައިވާ ކަމަށެވެ.

މި ފްލެޓްގެ މުއާމަލާތުގެ ވާހަކަ މީޑިއާގައި ހާމަކުރެއްވުމުން، އެކަމުގެ ތަފްސީލްތައް މިނިސްޓަރު ހަލީލް ވަނީ އެކްސްގައި ޕޯސްޓު ކުރައްވާފަ އެވެ.

އާންމުކުރެއްވި މައުލޫމާތުތަކުން އެނގޭ ގޮތުގައި އެ ފްލެޓް ހަލީލް ބައްލަވައިގެންފައިވަނީ 2018 ވަނަ އަހަރު އެވެ. އަދި ފްލެޓް ގަންނަން ފައިނޭންސް ކުރީ ބީއެމްއެލް އިސްލާމިކް އިން ނެގި ލޯނަކުން ކަމަށް އޭނާ ވިދާޅުވި އެވެ.

ލޯނުގެ ނުދެއްކި މިވަގުތު އޮތް ބެލެންސް، މިއަދުގެ ނިޔަލަށް 1,401,892.90 ރުފިޔާ

ފްލެޓު ހަލީލްގެ ނަމަށް ބަދަލު ކުރުމަށް އެޗްޑީސީން ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

މިނިސްޓްރީ އޮފް ހެލްތް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ