ސާފުތާހިރުކަން އިންތިހާއަށް ދަށް ތަނެއްގައި ފޯކުގެ ވިޔަފާރި ކުރަމުން ދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފި އެވެ.
އިމިގްރޭޝަނުން މި މީހުން ހައްޔަރުކޮށްފައިވަނީ އިއްޔެ ހިންގި ރެއިޑެއްގަ އެވެ.
އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން ހިއްސާ ކުރި މައުލޫމާތާ ގުޅިގެން، އިއްޔެ ހިންގި ހާއްސަ ރެއިޑެއްގައި، މ. ރީތި އޯކިޑްގެ ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިއަ 02 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މީގެ އިތުރުން މި މީހުން ހައްޔަރު ކުރި ތަނަކީ ދިވެހިން އާންމުކޮށް ދުފުމުގައި ބޭނުންކުރާ ފޯއް، ވިޔަފާރިއަށް ތައްޔާރުކުރަމުންދާ ތަނަކަށްވެފައި، ސާފުތާހިރުކަން އިންތިހާއަށް ދަށް ކަމަށް ފާހަގަވެފައިވާ ތަނެއްކަމަށް އިމްގްރޭޝަނުން ވަނީ ބުނެފަ އެވެ.
މި މައްސަލަ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައިވާކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.