ބިދޭސީންނަށް އިހުމާލުވާ މީހުން 50،000 ރުފިޔާއިން ޖޫރިމަނާކުރެވޭގޮތަށް ޤާނޫނު އިސްލާހްކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ބިދޭސީންނަށް އިހުމާލުވާ މީހުންނަށް ފިޔަވަޅުއެޅޭގޮތަށް ވަޒީފާއާބެހޭ ޤާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދެވެ. މި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 65 މެންބަރުންގެ ވޯޓުންނެވެ. މި އިސްލާހު ފާސްކުރުމާ ދެކޮޅަށް 10 މެންބަރުން ވޯޓު ދެއްވާފައިވެ އެވެ.

މި އިސްލާހު ހުށަހެޅި ސަބަބެއްގެ ގޮތުން ބިލުގައި ބުނެފައިވަނީ، ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި، ރާއްޖޭގައި ބިދޭސީން ވަޒީފާއަދާކުރުމާ ގުޅޭގޮތުން ކަނޑައަޅާފައިވާ އުސޫލުތައް އިސްލާހުކޮށް ވަޒީފާއާބެހޭ ގާނޫނު ތަންފީޒު ކުރުމަށް އިތުރަށް ހަރުދަނާ ކުރުމަށް ކަމަށެވެ.

މި އިސްލާހުގައި ވަނީ ބިދޭސީން ރާއްޖެ ގެނައުމަށްފަހު އިހުމާލުވާ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތައް ބަޔާން ކޮށްފަ އެެވެ. އެގޮތުން ބިދޭސީން ރާއްޖެ ގެނައުމަށްފަހު މުސާރަ ނުދީ ފޯރުކޮށްދޭން ޖެހޭ އަސާސީ ކަންކަން ކަމުގެ ގޮތުގައި ކަނޑައަޅާ ކަންކަން ފުރިހަމަ ނުކޮށް، އެކްސްޕްލޮއިޓޭޝަންގެ އަމަލެއް ނުވަތަ އެ މީހުން ލައްވާ ގާނޫނާ ހިލާފު އަމަލުތައް ހިންގުވާ އަދި ބިދޭސީ މީހާ ގެންނަ ވަޒީފާ ނޫން އެހެން ކަމެއް އެމީހުންލައްވާ ކުރުވާނަމަ 50،000 ރުފިޔާއިން ޖުރިމަނާ ކުރެވޭނެ ކަމަށް ބަޔާން ކޮށްފައިވެ އެވެ. ޖުރިމަނާގެ އިތުރުން ބިދޭސީންނާމެދު އިހުމާލުވާ ފަރާތްތަކުގެ މައުލޫމާތު އާންމުކޮށް އެފަދަ ފަރާތްތަކަށް ވަކިމުއްދަތެއް ވަންދެން ބިދޭސީން ގެނައުމުގެ ހިދުމަތްތައް ހުއްޓުވާލެވޭނެ ކަމަށްވެސް އިސްލާހުގައި ބަޔާން ކޮށްފައިވެ އެވެ.

ރައްޔިތުންގެ މަޖިލިސް ބިދޭސީންގެ މައްސަލަ އިމިގްރޭޝަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ