މަސްތުވާތަކެތީގެ މައްސަލައެއްގައި ކާށިދޫ މިސްކިތުގެ އިމާމު ހައްޔަރުކޮށްފި އެވެ.
ކާށިދޫއިން ހައްޔަރުކޮށްފައިވަނީ ޝަބްނަމްގެ، ޣާނިމް ސަލީމް (37އ) އެވެ. ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ.
”18 އޮގަސްޓްގައި ކާށިދޫ މިސްކިތު އިމާމު މަސްތުވާތަކެތި ގެންގުޅުނު މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވޭ“
ފުލުހުން މިހާރު ދަނީ މި މައްސަލަ ތަހުގީގު ކުރަމުން ނެވެ.
ކާށިދޫގެ މިސްކިތު އިމާމު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާއިރު ގދ. ގައްދޫއިންވެސް ވަނީ އިއްޔެގައި މިފަދަ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފަ އެވެ.
ގައްދޫއިން ހައްޔަރުކޮށްފައިވަނީ ފަހާގެ، އަލީ ނަސީރު (38އ) އެވެ.