ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
އިތުރު 2 އިސްލާހާއެކު، ސަރުކާރުގެ ފަރާތުން ދަނގެތި ދާއިރާގެ މެންބަރު ޢަބްދުالله ރަޝީދު ހުށަހަޅާފައިވާ އިސްލާހު މަޖިލީހުން ފާސްކޮށްފައިވަނީ މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވި 76 މެންބަރުންގެ ވޯޓުންނެވެ.
މިއަދު ފާސްކުރި ޓޫރިޒަމާބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ އިސްލާހު ތަސްދީގު ކުރާތާ ހަ މަސް ތެރޭ ރިސޯޓުތައް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު 49 އަހަރަށް އިތުރު ކުރާ ނަމަ ދައްކަން ޖެހެނީ 5 މިލިއަން ޑޮލަރު ކަމަށެވެ. އަދި އެ މުއްދަތަށް ފަހު، އިތުރު ކުރުމަށް ދައްކަން ޖެހޭނީ 10 މިލިއަން ޑޮލަރު ކަމަށެވެ.
މީގެއިތުރުން 49 އަހަރަށް ވުރެ ކުޑަ މުއްދަތަކަށް އިތުރު ކުރާ ނަމަ، ދައްކަން ޖެހެނީ އަހަރަކަށް 100،000 ޑޮލަރު ކަމަށާއި އަދި ހަ މަހަށް ފަހު ދައްކަން ޖެހެނީ 200،000 ޑޮލަރު ކަމަށް ބުނެފައިވެ އެވެ.
ރައްޔިތުންގެ މަޖިލިސް މިނިސްޓްރީ އޮފް ޓޫރިޒަމް ފަތުރުވެރިކަން