މަސްތުވާތަކެތީގެ މައްސަލައިގައި ގދ. ގައްދޫއިން ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.
ފުލުހުން ބުނީ ގައްދޫގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެން އޮގަސްޓް 18 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ގދ. ގައްދޫ/ ފަހާގެ. އަލީ ނާސިރު (38އ) ވަނީ ހައްޔަރުކޮށްފައި ކަަމަށެވެ.
ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް ބަލާފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުުހުން ބުންޏެވެ. މިތަކެތީގެ ވަގުތީ ބަރުދަނަކީ 96.45 ގްރާމް ކަމަށް އެ މުައައްސަސާއިން މައުލޫމާތުދީފައި ވެއެވެ.
”މި މައްސަލައާއި ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ“
މިހާރު ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުން ނެވެ.