ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ހުޅުމާލެއިން ފެލްޓެއް ބައްލަވައިގެންފި އެވެ.
ހަލީލް މި ފެލްޓް ބައްލަވައިގެންފައި ވަނީ 3.1 މިލިއަން ރުފިޔާ އަށެވެ. މި ފްލެޓަކީ އެފްޑަބްލިއު ރެސިޑެންސްގެ ފްލެޓެކެވެ.
މި ފްލެޓަކީ 1،235 އަކަފޫޓުގެ ފްލެޓެކެވެ. މި ފްލެޓުހަލީލުގެ ނަމަށް ބަދަލު ކުރަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މި މަހުގެ ހަތް ވަނަ ދުވަހު ކުރި ހުކުމުގައި ބުނެފައިވަނީ އެ ފްލެޓުގެ އަގު ހަލީލް ދައްކާފައިވާތީ ފްލެޓު އޭނާއަށް މިލްކުވެފައިވާ ކަމަށެވެ.
ފްލެޓު ހަލީލްގެ ނަމަށް ބަދަލު ކުރުމަށް އެޗްޑީސީން ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
ހަލީލަކީ އަމިއްލަ ވިޔަފާރި ކުރައްވާ ބޭފުޅެއްގެ އިތުރުން ނިލަންދޫ ދާއިރާގެ މަޖިލިސް މެންބަރުކަން ކުރިން ކުރެއްވި ބޭފުޅެކެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ހުޅުމާލެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ސިވިލް ކޯޓު