ސަލާމަތީ ހިދުމަތްތަކުން ރާއްޖެއަށް އެތެރެކުރާ ތަކެތިން ޑިއުޓީ ކަނޑާލެވޭ ގޮތަށް އުސޫލު އިސްލާހުކޮށްފި އެވެ.
ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހުތިޔާރުގެ ދަށުން، އިމްޕޯޓް ޑިއުޓީ މައާފުކުރުމާއި، އިމްޕޯޓް ޑިއުޓީ މައާފުކުރުމުގައި އަމަލުކުރާނެ އުސޫލަށް އިސްލާހު ގެނެސްފައިވަނީ އިއްޔެ އެވެ. މި އިސްލާހުގައިވާ ގޮތުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ކަންކަން ބެލެހެއްޓުމަށް ސަލާމަތީ ހިދުމަތްތަކުން ބޭނުންކުރުމަށް ރާއްޖެ އެތެރެކުރާ ތަކެތިން ޑިއުޓީ ކަނޑާލުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާނެ އެވެ.
މި އަހަރު ކުރީކޮޅުވެސް މި އުސޫލަށް ވަނީ އިސްލާހެއް ގެނެސްފަ އެވެ. އެއީ ހަތިޔާރާއި ވަޒަނާއި އެ އެއްޗެހީގެ ބައިތަކާއި އެ އެއްޗެއްސާ ގުޅޭ ބައިތަކުން ޑިއުޓީ މައާފުނުކުރެވޭ ގޮތަށް އިސްތިސްނާކުރި އިސްލާހެވެ.
ކުރިން އޮތް ގޮތުން އެތަކެތި 35 ޕަސެންޓުގެ ޑިއުޓީއެއް ނަގަ އެވެ.