ޓެކްސް އެޕީލް ޓްރައިބިއުނަލްގެ 4 މެންބަރުން ވަކިކުރަން ލަފާދޭން ފާސްކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ޓެކްސް އެޕީލް ޓްރިބިއުނަލްގެ ހަތަރު މެންބަރަކު ވަކިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދޭން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުން މިގޮތަށް ފާސްކޮށްފައިވަނީ މިއަދުގެ ޖަލްސާގަ އެވެ.

ޓެކްސް އެޕީލް ޓްރިބިއުނަލްގެ ހަތަރު މެންބަރަކު ވަކިކުރަން ރައީސްއަށް ލަފާދޭން މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 63 މެންބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް 10 މެންބަރުން ވޯޓު ދެއްވި އެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަ ޖުޑިޝަރީ ކޮމިޓީން ބަލާ އެކުލަވާލި ރިޕޯޓުގައި ވަނީ އެ ކޮމިޝަންގެ ފަސް މެމްބަރުންގެ ތެރޭގައި ހިމެނޭ މެމްބަރު އިސްމާއިލް ސާޖިދު ފިޔަވައި ދެން ތިއްބެވި ހަތަރު މެންބަރުން ވަކިކުރުމަށް ރައީސް އަށް ލަފާއެރުވުމަށެވެ. އެ މެންބަރުންނަކީ ޓްރިބިއުނަލްގެ ރައީސް މުހައްމަދު މުނައްވަރު އަލީ، ޓްރިބިއުނަލްގެ ނައިބު ރައީސް ހުސެއިން ޒައިދާން ޖަލީލު، މެންބަރު އަހްމަދު އަޝްރަފް އަދި މެންބަރު ހަދީޖާ ނައީމް އެވެ.

މީގެއިތުރުން ޓްރައިބިއުނަލްގެ ބައެއް މެންބަރުންގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކުރާ ކަމަށާއި، ނުޙައްޤު މުއްސަނދިކަމާއި ކޮރަޕްޝަންގެ ތުހުމަތުތަކެއް ކޮށްފައިވާތީ، އެ ކަންކަން ހިނގާފައިވާގޮތް ތަހުގީގު ކުރުމަށް އޭސީސގައި ދެންނެވުމަށްވެސް ފާސްކޮށްފައިވެ އެވެ.

ރައްޔިތުންގެ މަޖިލިސް ޓެކްސް އެޕީލް ޓްރިބިއުނަލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ