މާލޭ ރައްޔިތުންނަށް މިސަރުކާރުން ފަޅު ހިއްކާ ގޯތިދޭނެ: އައިފާން

Advertisement

Advertisement

އެންމެ ފަސް

Advertisement

ފަޅު ހިއްކާ ގޯތިދޭނީ މިސަރުކާރުން ކަމަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހްމަދު އައިފާން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އާބަން ޑިވެލޮޕްމަންޓްގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން މެންބަރު އައިފާން ވިދާޅުވީ، މިދިޔަ ސަރުކާރުތަކުން ހިތުހުރި ގޮތަކަށް ކަންކަން ކޮށްފައިވަނީ މިފަދަ ބިލެއް ނެތުމުން ކަމަށެވެ. އަދި މިދިޔަ ސަރުކާރު ވެރިކަމުން ދިޔައީ މާލިއްޔާ ހުސްކޮށްލާފައި ކަމަށާއި ބަޖެޓް ހިތުހުރި ގޮތަކަށް ”ތަޅާލީ“ ކަމަށް ތުހުމަތު ކުރެއްވިއެވެ.

މީގެއިތުރުން ވާހަކަ ދައްކަވަމުން މެންބަރު އައިފާން ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ގޯތި ލިބެންޖެހޭ ކަމަށާއި މާލޭގެ ރައްޔިތުންނަށް ގޯތި ނުލިބޭތާ 40 ވަރަކަށް އަހަރުވެފައިވާ ކަމަށެވެ. އަދި މިދިޔަ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ދީފައިވާ ގޯތިތައް މިސަރުކާރުން މާލޭގެ ރައްޔިތުންނަށް ދޭނެ ކަމަށާއި، މިދިޔަ ސަރުކާރުގައި ފަޅުތަކުން ދީފައިހުރި ގޯތިތައް ހިއްކުމަށްފަހު ދޭނެކަމަށްވެސް އައިފާން ވިދާޅުވިއެވެ.

އާބަން ޑިވެލޮޕްމަންޓްގެ ބިލެއް އޮތުމުން، މީގެކުރިންް އިންތިހާބުތަކާ ދިމާކޮށް ރަށްރަށަށްގޮސް އެއާޕޯޓްތައް އެޅުމަށް ވެރިން ވައުދުވަމުންދިޔަ ގޮތަށް ކުރަމުންދިޔަ ކަންކަން ހުއްޓޭނެ ކަމަށް ވިދާޅުވިއެވެ. އަދި އާބަން ސިޓީތަކުގެ ގޮތުގައި ވަކިތަންތަން ތަރައްގީ ކުރުމަށް މިބިލުގެ ތެރެއިން ކަނޑައެޅޭނެ ކަމަށް ވިދާޅުވިއެވެ.

އައިފާން ވިދާޅުވީ މިސަރުކާރުން ދައްކަނީ ރާއްޖެއަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދާނެގޮތުގެ ވާހަކަ ކަމަށެވެ. މިދިޔަ ސަރުކާރުން ރަށްރަށުގައި ނަރުދަމާ އަދި ބަނދަރު ހެދުމުގެ ނަމުގައި ނުއަގުގައި މަޝްރޫއުތައް ހިންގަން ހަވާލުކޮށްފައި ހުރި ކަމަށާއި، ބަޖެޓްގައި ކަންކަން ޖަހަންޖެހޭނީ ކަންކަން ކުރެވޭ ގޮތަށް ކަމަށް ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އާބަން ޑިވެލޮޕްމަންޓްގެ ބިލަކީ ރާއްޖޭގެ ތަރައްގީއަށް އަދި މުސްތަގުބަލަށް ކޮންމެހެން މުހިންމު ބިލެއް ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.

ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހްމަދު އައިފާން ރައްޔިތުންގެ މަޖިލިސް ބޯހިޔާވަހިކަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ