ލޭނު މަސްވެރިކަމުގެ މައްސަލައިގައި ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަތް

Advertisement

Advertisement

އެންމެ ފަސް

Advertisement

ލޭނު މަސްވެރިކަމުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރްއެވެ. ކުއްލި މައްސަލަ ބަލައިގަތުމަށް ފެންނަ ކަމަށް 11 މެންބަރުން ވޯޓުދިންއިރު ކުއްލި މައްސަލަ ބަލައިގަތުމާ ދެކޮލަށް 47 މެންބަރުން ވޯޓު ދެއްވާފައިވެއެވެ.

މި ކުއްލި މައްސަލައަކީ ރާއްޖޭގައި ބޮޑުކަންނެލި ހިފަން ލޭނު މަސްވެރިކަން ކުރަން ހުއްދަދޭން ސަރުކާރުން ނިންމާފައިވާ ނިންމުމާމެދު ކަންބޮޑުވުން ފާޅުކޮށް ހުށަހެޅި ކުއްލި މައްސަލައެކެވެ. ކުއްލި މައްސަލައިގައިވަނީ، ލޭނު މަސްވެރިކަން ކުރުމަށް ހުއްދަ ދިނުމަށް ނިންމި ނިންމުމާމެދު ކަންބޮޑުވުންފާޅުކޮށް މި ނިންމުން ބަދަލުކުރުމަށް ގޮވާލާފައެބެ.

ކުއްލި މައްސަލައިގައި ބުނެފައިވަނީ މީގެކުރިންވެސް އެކަން ތަންފީޒު ކޮށްފައިނުވަނީ ކަނޑުގެ ދިރުންތައް ހަލާކުވުމަށް މަގުފަހިވުމާއި ނެތިދިއުމުގެ ބިރު އޮތް އެތައް ދިރުމެއްވެސް މިފަދަ މަސްވެރިކަމުގެ ނުސީދާ ޝިކާރައަކަށްވެ މަސްވެރިކަމުގެ ސިނާއަތަށް ތަފާތުގޮތްގޮތުން އޭގެ ގެއްލުމާއި ކުރިމަތިލާންޖެހޭނެތީކަމަށެވެ. އަދި އެކަމުން މަސްވެރި އާއިލާތަކުގެ އާމްދަނީއަށް ނޭދެވޭ އަސަރެއް ކުރާނެ ކަމަށާއި އަދި އެކަމުން ރާއްޖޭގެ ކަނޑުގެ ވެއްޓާއި ތމާވެށި އަދި ފަތުރުވެރިކަމުގެ ސިނާއަތަށްވެސް ނޭދެވޭ އަސަރުކުރާނެ ކަމަށް ބުނެފައިވެއެވެ.

އެހެންކަމުން މި ނިންމުން މުރާޖާކޮށް ލޭނު މަސްވެރިކަން ކުރުމަށް ހުއްދަ ދޭން ނިންމާފައިވާ ނިންމުން ބަދަލުކުރުމަށް ގޮވާލާފައިވެއެވެ.

ފިޝަރީޒް މިނިސްޓްރީން ވަނީ ލޭނު މަސްވެރިކަން ކުރުމުގެ ގަވާއިދާމެދު ހިޔާލު ހޯދުމަށް ހުޅުވާލައިފައެވެ. ލޭނު މަސްވެރިކަމުގެ މި ގަވާއިދަކީ “ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު”ގެ ތިން ވަނަ މާއްދާގެ ދަށުން ފިޝަރީސް މިނިސްޓްރީއަށް ލިބިދޭ އިޚުތިޔާރުގެ ދަށުން ހަދައިފައިވާ ގަވާއިދެކެވެ. މި ގަވާއިދުގައި ވާގޮތުން ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ލައިސަންސް ދެވޭނީ، ހަމައެކަނިި ރީނދޫ އުރަހަ ކަންނެލިއާއި ލޯބޮޑު ކަންނެލި ބޭނުމަށެވެ. އަދި ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަމުގައި ބޭނޭ ބައިކެޗްގެ ބާވަތްތަކާ މެދުވެސް އަމަލުކުރެވޭނީ، މި ގަވާއިދުގެ ދަށުން ބޮޑުކަންނެލީގެ ބާވަތްތަކާމެދު އަމަލުކުރެވޭ ގޮތަށެވެ. މި ގަވާއިދުގެ ދަށުން ލޭނު އަޅައިގެން ބޮޑުކަންނެލި ރާއްޖެއިން ކޮންމެ އަހަރަކު ބާނަންވީ މިންވަރުގެ ޖުމުލަ ކޯޓާ ކަނޑައެޅުމުގެ އިޚުތިޔާރު ފިޝަރީޒް މިނިސްޓްރީއަށް ލިބިގެންވެއެވެ.

ރައްޔިތުންގެ މަޖިލިސް މަސްވެރިކަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ