ޔާމީންގެ ފުއްގިރި މައްސަލައިގެ ޝަރީއަތް އަންގާރަ ދުވަހު

Advertisement

Advertisement

އެންމެ ފަސް

Advertisement

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރަމުންދާ ރ. ފުއްގިރިއާއި ގުޅޭ މައްސަލައިގެ ޝަރީއަތް އަންގާރަ ދުވަހަށް ކްރިމިނަލް ކޯޓުން ތާވަލުކޮށްފި އެވެ.

ފުއްގިރި މައްސަލައިގައި ޔާމީންގެ މައްޗަށް ތުހުމަތު ކުރެވެނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް އެއް މިލިއަން ޑޮލަރުގެ ރިޝްވަތެއް ބަލައިގަނެ، އެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރެއްވި ކަމުގެ ތުހުމަތެވެ. ވ. އާރަށުގެ މައްސަލާގައި ވެސް ލީސިންގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް ދައުވާ ކޮށްފައި ވެއެވެ. މީގެ ކުރިން ހައިކޯޓުން ވަނީ އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް އަލުން ޝަރީއަތް ހިންގުމަށް އަމުރުކޮށްފަ އެވެ.

ކްރިމިނަލް ކޯޓުން ހާމަކޮށްފައިވާ ގޮތުގައި ފުއްގިރި މައްސަލައިގެ ޝަރީއަތް އަންނަ އަންގާރަ ދުވަހަށް ތާވަލުކޮށްފައިވާއިރު، އާރަށުގެ މައްސަލައިގެ ޝަރީއަތް އަންނަ ބުދަ ދުވަހަށް ވަނީ ކަނޑައަޅާފަ އެވެ. މި ދެ މައްސަލައިގެ ރިޔާސަތު ބަލަހައްޓަވާނީ ގާޒީ އަލީ ނަދީމެވެ.

އާރަށް މައްސަލައިގައި ޔާމީނާއި ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ ޖަލު ހުކުމްތައް ހައިކޯޓުން ބާތިލްކޮށް އަލުން ޝަރީއަތް ކުރުމަށް އަމުރުކުރި ނަމަވެސް ފުއްގިރި މައްސަލަ މިހާތަނަށް ކްރިމިނަލް ކޯޓުގައި ހުއްޓިފައިވެ އެވެ.

އާރަށުގެ މައްސަލައިގެ ޝަރީއަތް ތާވަލު ކުރަމުން ދަނިކޮށް، އަލުން ޝަރީއަތް ހިންގަން ހައިކޯޓުން ނެރުނު އަމުރާ ގުޅިގެން ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. ނަމަވެސް މި އިސްތިއުނާފު މައްސަލަ ބަލައިގަތުމާއި މެދު ސުޕްރީމް ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.

 

ރައީސް އަބްދުﷲ ޔާމީން ކްރިމިނަލް ކޯޓު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ