މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފި އެވެ.
މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ހުދު ސަމާލު ނެރެފަ އެވެ. އެ އިދާރާއިން ބުނީ ހެނދުނު 11:00 އިން ފެށިގެން ހަވީރު 17:00 ގެ ނިޔަަލަށް އެ ސަރަހައްދަށް މޫސުން ގޯސްވުން އެކަށީގެންވާ ކަމަށެވެ.
އެ ސަރަހައްދަަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފަ އެވެ.
މިހާރު ރާއްޖެއިން ތަޖުރިބާކުރަމުންދާ ހުޅަނގު މޫސުމުގެ ސަބަބުން މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފައި ވެއެވެ.