ޓެކްނޮލޮޖީގެ ސަބަބުން އާންމުންނަށް ލިބިދާނެ ގެއްލުންތަކުން ހިމާޔަތް ހޯދައިދިނުން މުހިންމު: މާރިޔާ

Advertisement

Advertisement

އެންމެ ފަސް

Advertisement

ޓެކްނޮލޮޖީގެ ސަބަބުން އާންމުންނަށް ލިބިދާނެ ގެއްލުންތަކުން ހިމާޔަތް ހޯދައިދިނުން މުހިންމު ކަމުގައި މަތީ ތައުލީމާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ ”ގްލޯބަލް އެޑިޔުކޭޝަން ކޮންފެރެންސް 2024“ ފެށުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގަ އެވެ.

މި ކޮންފެރެންސްގައި މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ ބައިވެރިވެވަޑައިނަވާފައިވަނީ ބެއިޖިން ނޯމަލް ޔުނިވާސިޓީގެ ދަޢުވަތަކަށް ޗައިނާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގަ އެވެ.

މާރިޔާ ވިދާޅުވީ، އޭއައި އަދި އެފަދަ އެހެނިހެން ޓެކްނޮލޮޖީތަށް ތައުލީމީ ދާއިރާގައި ބޭނުންކުރަމުންދާއިރު ސަމާލުވާން ޖެހޭ ބައިވަރު ކަންތައްތަކެއް ހުރި ކަމާއި، ދަރިވަރުންނާއި މުދައްރިސުން މިފަދަ ވަސީލަތްތަށް ބޭނުންކުރަމުން ދަނީ ވިސްނުންތެރިކަމާއި ޒިންމާދާރު ގޮތެއްގައިކަން ކަށަވަރުކުރުމަށްޓަކައި އޭއައި ލިޓްރެސީ ފަދަ މާއްދާތަށް މުޤައްރަރުގައި ހިމަނަންޖެހޭ ކަމަށެވެ.

ތަޢުލީމީ ދާއިރާގައި ޓެކްނޮލޮޖީ ބޭނުންކުރާއިރު، ޓެކްނޮކޮޖީއާއި ގުޅޭ އުސޫލުތަކާއި ގަވާއިދުތައް އުފައްދައި، އެ ގަވާއިދުތައް ތަންފީޒުކޮށް، ޓެކްނޮލޮޖީގެ ސަބަބުން އާންމުންނަށް ލިބިދާނެ ގެއްލުންތަކުން ހިމާޔަތް ހޯދައިދިނުމުގެ މުހިއްމުކަން މާރިޔާ ވަނީ ފާހަގަކުރައްވާފަ އެވެ.

މާރިޔާ ވިދާޅުވީ، ރާއްޖެއަކީ ކުދި ކުދި ރަށްތަކަކުން އުފެދިފައިވާ ގައުމަކަށް ވީއިރު، މިފަދަ ގައުމެއްގެ ހުރިހާ ކަންކޮޅުތަކެއްގައި އެއް ފެންވަރެއްގެ ވަސީލަތްތައް ބޭނުންކޮށް، ތައުލީމު ފޯރުކޮށްދިނުމުގައި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭކަމަށެވެ. ނަމަވެސް، މިފަދަ ގޮންޖެހުންތަކުން އަރައިގަނެ، ”ސްމާޓް އެޑިޔުކޭޝަން“ ނުވަތަ ޓެކްނޮލޮޖީ ބޭނުންކޮށް، ތައުލީމު ފޯރުކޮށްދިނުމުގެ ފުރުސަތުތައް ހޯދަން ޖެހޭ ކަމަށް މާރިޔާ ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ކޮށްފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި، ދުރާލައި ރާވައިގެން މަސައްކަތްތައް ކުރިއަށް ގެންދިޔުމާއި، މަތީ ތައުލީމުގެ ދާއިރާގައި ޓެކްނޮލޮޖީ ބޭނުންކޮށް، އޮންލައިންކޮށް ތައުލީމު ފޯރުކޮށްދިނުމަކީ ރާއްޖެއަށް ބޭނުންވެފައިވާ ކަމެއް ކަމަށްވެސް މާރިޔާގެ ވާހަކައިގައި ވިދާޅުވި އެވެ.

އަމާޒަކީ ޓެކްނޮލޮޖީގެ ވަސީލަތްތަށް މެދުވެރިކޮށް، ހުރިހާ ދަރިވަރުންނަށް ހަމަހަމަ ފުރުސަތު ލިބިގެންދާ ތައުލީމީ ނިޒާމެއް ގާއިމްކޮށް، ރާއްޖޭގެ ރަށްތަކަކީ ޓެކްނޮލޮޖީގެ ޒަރިއްޔާއިން ގުޅި ލާމެހިފައިވާ ތަޢުލީމީ ތަނަކަށް ހެދުން ކަމަށް މާރިޔާ ވަނީ ވިދާޅުވެފަ އެވެ.

”އަމާޒަކީ ޓެކްނޮލޮޖީގެ ވަސީލަތްތަށް މެދުވެރިކޮށް، ހުރިހާ ދަރިވަރުންނަށް ހަމަހަމަ ފުރުސަތު ލިބިގެންދާ ތަޢުލީމީ ނިޒާމެއް ގާއިމުކޮށް، ދިވެހިރާއްޖޭގެ ރަށްތަކަކީ ޓެކްނޮލޮޖީގެ ޒަރިއްޔާއިން ގުޅި ލާމެހިފައިވާ ތައުލީމީ ތަނަކަށް ހެދުން“

ޗައިނާގެ ”ބެއިޖިން ނޯމަލް ޔުނިވާސިޓީ“ގެ ދަޢުވަތަކަށް މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ ޗައިނާއަށް ފުރާވަޑައިގެންނެވީ މިމަހުގެ 16 ވަނަ ދުވަހު އެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އިން އަންނަނީ ބޭރުގެ އެކި ގައުމުތަކުގެ މަގްބޫލު ޔުނިވާސިޓީ ތަކާއި ބައްދަލުކުރައްވައި، ރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް މަޝްވަރާކުރަމުން ނެވެ. އަދި ހުނަރުވެރި ޖީލެއް ބިނާކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާ އެފަދަ ޔުނިވާސިޓީތަކާއި ގުޅިގެން ދިވެހި ދަރިވަރުންނަށް ތައުލީމީ ފުރުސަތުތައް ފަހިކޮށްދިނުމުގެ މަސައްކަތްތައް ކުރަމުން އެބަދެ އެވެ. މީގެ އިތުރުން، ދިވެހި ޒުވާނުންނަށް މަތީ ތައުލީމުގެ ފުރުސަތުތަށް ތަނަވަސް ކޮއްދިނުމަށް މިނިސްޓްރީ އިން އަންނަނީ އެކި އެކި ގައުމުތަކާއި ގުޅިގެން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ނެވެ.

ރާއްޖެ - ޗައިނާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ