ރިހެބިލިޓޭޝަންގެ ނިޒާމް ހަރުދަނާ ކުރުމަށް ބަޖެޓަށް 30 މިލިއަން ރުފިޔާ އިތުރުކުރުމަށް ސަރުކާރުން ނިންމައިފި އެވެ.
މިކަން އިއުލާންކޮށްފައިވަނީ ރިހެބިލިޓޭޝަން އަމުރުގެ ދަށުން ފަރުވާ ފުރިހަމަކުރުން ފާހަގަކުރުމުގެ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު ޑްރަގް ކޯޓުން ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނޭޝަނަލް ޑްރަގް އެޖެންސީގެ ބޯޑުގެ ޗެއާމަން އަދި ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު ލުބްނާ މުހައްމަދު ޒާހިރު ހުސެއިން އެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ހުސައިން ރިޒާ އާދަމް އާއި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އާއި ސަރުކާރުގެ އިސް އެހެން ބޭފުޅުން ވެސް މި ހަފްލާގައި ބައިވެރިވެވަޑައިގެންނެވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ލުބްނާ ވަނީ ރިހެބިލިޓޭޝަން ނިޒާމު ރަނގަޅު ކުރުމަށް މަސައްކަތްތައް ފެށުމަށް ދައުލަތުގެ ބަޖެޓަށް އިތުރު 30 މިލިއަން ރުފިޔާ އިތުރު ކުރަން ސަރުކާރުން ރާވާފައިވާކަން ހާމަކުރައްވައި، ފުރިހަމަ ކުރާ ފަރާތްތަކަށް ދައުލަތުގެ ވިޔަފާރިތަކުން ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް ސަރުކާރުން ތާއީދު ކުރުމަށް އިލްތިމާސް ކުރައްވާފަ އެވެ.
ރިހެބިލިޓޭޝަން ފަރުވާ ދިނުމަކީ ކުޑަ މަސައްކަތެއް ނޫން ކަމަށް ޑްރަގް ކޯޓުގެ އިސް ގާޒީ އަބްދުއްސައްތާރު އަބްދުލް ހަމީދު ފާހަގަކުރެއްވި އެވެ.
ޑްރަގް ކޯޓުން، މިދިޔަ އަހަރު 586 ފަރާތަކަށް ރިހެބިލިޓޭޝަން ފަރުވާ ދިނުމަށް އަމުރުކޮށްފައިވާއިރު، އޭގެ ތެރެއިން 419 ފަރާތަކުން އެމީހުންގެ ޕްރޮގްރާމްތައް ފުރިހަމަކޮށްފައިވާއިރު، 173 މީހަކު ވަނީ އެ އަމުރާ ހިލާފުވެފަ އެވެ. އޭގެ ފަހުން އެމީހުންގެ މައްޗަށް ހުކުމްވެސް ކޮށްފައި ވެއެވެ.
ފަރުވާ ކާމިޔާބުކަމާއެކު ނިންމާފައިވާ ބައިވެރިންނަށް ހަނދާނީ ސެޓްފިކެޓް ހަވާލުކޮށްފައިވާއިރު،ް އެންމެ ރަނގަޅު ހާޒިރީ ރެކޯޑް އޮތް ފަރާތަށް އިނާމާއި ހަނދާނީ ސެޓްފިކެޓް ދީފައި ވެއެވެ.
މީގެ އިތުރުން ޑްރަގް ކޯޓުން ވަނީ ކޯޓަށް ކޮށްދެއްވި ހިދުމަތާއި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން އަމިއްލަ ރައްޔިތެއް ކަމަށްވާ އަލީ އަދީބަށް ހަނދާނީ ލިޔުން ހަވާލުކޮށްފަ އެވެ.
މީގެ އިތުރުން ޑްރަގް ކޯޓުގެ އިސްނެގުމާއި މެދު އާންމުން ހޭލުންތެރިކުރުމުގެ މަގުސަދުގައި އެ ކޯޓުގެ ޔޫޓިއުބް ޗެނަލް ވެސް މި ރަސްމިއްޔާތުގައި ވަނީ ލޯންޗުކޮށްފަ އެވެ.
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބްނާ ޒާހިރު ހުސެއިން ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޑްރަގް ކޯޓު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)