ރަސްމީ ދަތުރުފުޅެއްގައި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޗައިނާއަށް ވަޑައިގެންފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ރަސްމީ ދަތުރުފުޅެއްގައި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ޗައިނާއަށް ވަޑައިގެންފި އެވެ.

މި ދަތުރުފުޅަކީ ޗައިނާގެ ބެއިޖިން ނޯމަލް ޔުނިވާސިޓީގެ ދައުވަތަކަށް މިނިސްޓަރު ކުރައްވާ ދަތުރުފުޅެއްކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެ އެވެ.

މިނިސްޓަރު މާރިޔާ ޗައިނާއަށް ވަޑައިގެންފައި ވަނީ އިއްޔެ އެވެ. މި ދަތުރުފުޅުގައި ބެއިޖިން ނޯމަލް ޔުނިވާސިޓީގެ ޕްރެޒިޓެންޓް، ޕްރޮފެސަ ޔޫ ޖިއޮންޖް، ވައިސް ޕްރެޒިޓެންޓް، ޕްރޮފެސަ ޖޯ ޒުއޮޔު، ސްމާޓް ލާނިން އިންސްޓް ޓިއުޓް އޮފް ބެޖިން ނޯމަލް ޔުނިވާސިޓީގެ ވައިސް ޑީން އަދި ކުރީގެ ޕްރެޒިޑެންޓް އޮފް ކޮމަންވެލްތް އޮޕް ލާނިންއާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން ”ރައުންޑް ޓޭބަލް އޮން ވިމެންސް ލީޑަރޝިޕް އިން ދަ އޭޖް އޮފް އޭއައި“ ގައި ޕެނަލިސްޓެއްގެ ގޮތުގައި މިނިސްޓަރު މާރިޔާ ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި ބެއިޖިން ނޯމަލް ޔުނިވާސިޓީ އިން އިންތިޒާމްކުރާ ”ޑިވެލޮޕްމަންޓް އެންޑް ޔޫސް އޮފް ޑިޖިޓަލް ޓެކްސްޓް ބުކް“ ފޯރަމްގައިވެސް ބައިވެރިވަޑައިގަންނަވާނެ އެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ ބޭރުގެ އެކި ގައުމުތަކުގެ މަގުބޫލު ޔުނިވާސިޓީ ތަކާއި ބައްދަލުކުރައްވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް، ހުނަރުވެރި ޖީލެއް ބިނާކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރަމުންނެވެ. މީގެ އިތުރުން، ދިވެހި ޒުވާނުންނަށް މަތީ ތައުލީމުގެ ފުރުސަތުތަށް ތަނަވަސް ކޮއްދިނުމަށް މިނިސްޓްރީ އިން ގިނަގުނަ މަސައްކަތްތަކެއް ކުރެ އެވެ.

ރާއްޖެ - ޗައިނާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ