އައިޖީއެމްއެޗުގައި މަސައްކަތް ކުރާ ނަރުހަކާ ގުޅޭ މަސްތުވާތަކެތީގެ މައްސަލައެއް ބަލަން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ އައިޖީއެމްއެޗްގެ އަންހެން ނަރުހަކާ ގުޅުން ހުރި މަސްތުވާތަކެތީގެ މައްސަލައެއް އެ ހިދުމަތުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އެ ހޮސްޕިޓަލުންކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލައާ ގުޅިގެން މާ ބޮޑު ތަފްސީލެއް ފުލުހުން ދީފައެއް ނުވެ އެވެ. އަދި އެ ނަރުސް މީހާ މިހާރު ހުރީ ފުލުހުންގެ ހައްޔަރުގައިކަމެއްވެސް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.