އިންޑިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ކިޔުއްވާ ރައީސް މުއިއްޒު ކުރެއްވި ޕޯސްޓަށް މިލިއަން ވިއުސް

Advertisement

Advertisement

އެންމެ ފަސް

Advertisement

އިއްޔެ ފާހަގަކުރި އިންޑިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ކިޔުއްވަ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓަށް 1.3 މިލިއަން ވިއުސް ލިބިއްޖެ އެވެ.

ރައީސް މުއިއްޒު ކުރެއްވި އެ ޕޯސްޓުގައި ވަނީ އިންޑިއާގެ ރައީސާ ދުރޫޕަދީ މުރުމޫއާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޓެގް ކުރައްވާފަ އެވެ.

އިންޑިއާގެ މިނިވަން ދުވަހުގެ ތަހުނިޔާތައް ކިޔުއްވާ ރައީސް މުއިއްޒުގެ އެ ޕޯސްޓުގައި ވަނީ ރާއްޖެއާ އިންޑިއާގެ ގުޅުމަކީ ޒަމާންވީ ގާތް ގުޅުމެއްކަން ފާހަގަކުރައްވާފަ އެވެ. އަދި މި ގާތް ރަހުމަތްތެރި ގުޅުމަކީ ރާއްޖޭގެ ތަރައްޤީއާ ފާގަތިކަމަށް އިތުރު ފަހިކަން ގެނެސްދިން ކަމެއްކަން ވެސް އެމަނިކުފާނުގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެ އެވެ.

އެމަނިކުފާނުގެ އެ ޕޯސްޓަށް 1.3 މިލިއަން ވިއުސް ވަނީ ލިބިފަ އެވެ.

ރައީސް މުއިއްޒުގެ އެ ޕޯސްޓާއި ގުޅުވައި، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީވެސް ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފަ އެވެ. މޯދީ ވިދާޅުވީ އިންޑިއާއިން ދެކެނީ ރާއްޖެއަކީ އެގައުމުގެ އަގުހުރި ރަހުމަތްތެރިއެއްގެ ގޮތުގައި ކަމަށެވެ.

“އަޅުގަނޑުމެންގެ ގައުމުތައް އެކުގައި މަސައްކަތް ކުރަމުން ގެންދާނީ އަޅުގަނޑުމެންގެ ރައްޔިތުންގެ ފައިދާއަށް”

އިންޑިއާގެ ބޮޑު ވަޒީރު އެ ޕޯސްޓަށް ލިބިފައިވަނީ 1 މިލިއަން ވިއުސް އެވެ.

ރާއްޖެއާ އިންޑިއާގެ ގުޅުމަށް ހީނުރުކަން އައުމަށްފަހު، ދެ ޤައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުން އަންނަނީ ވަރުގަދަވަމުންނެވެ.

 

ރާއްޖެ - އިންޑިއާ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ