ގއ. އަތޮޅުގެ 41 އިންސައްތަ މަސްދޯނި ދަފްތަރުގައި ރަޖިސްޓްރީވެއްޖެ

Advertisement

Advertisement

އެންމެ ފަސް

Advertisement

ގއ. އަތޮޅުގެ 41 އިންސައްތަ މަސްދޯނި، މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީވެއްޖެ އެވެ.

ފިޝަރީޒް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ މިނިސްޓްރީއާ، ގއ. އަތޮޅުގެ ކައުންސިލުތަކާއި، މަސްވެރިންނާއި ގުޅިގެން އެ އަތޮޅުގެ ހުރިހާ މަސްވެރިން ދަފްތަރު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އެ މަސައްކަތުގެ ތެރެއިން މިހާތަނަށް އެ އަތޮޅުގެ 41 އިންސައްތަ މަސް ދޯނިތައް ރަޖިސްޓްރީ ކުރެވިފައިވާ ކަމަށް މިނިސްޓްރީން ހާމަކުރި އެވެ.

މަސްވެރިންގެ ދަފުތަރަކީ މަސްވެރި އާބާދީގެ މަޢުލޫމާތު އެއްކޮށް ބަލަހައްޓާ ރަސްމީ ޑޭޓާބޭސްއެކެވެ. މި ދަފްތަރުގައި ރަޖިސްޓްރީވުމަށް ހާއްސަ އެޕް އެއްވެސް މިނިސްޓްރީން ފަރުމާކޮށްފައިވެ އެވެ.

މަސްވެރިންގެ ދަފުތަރުގައި ރާއްޖޭގައި ލައިސަންސް ނަގައިގެން މަސްވެރިކަން ކުރާ ހުރިހާ އޮޑިފަހަރެއްގެ މައުލޫމާތު ހިމެނޭނެ އެވެ. މީގެ އިތުރުން، ކެޔޮޅުންނާއި ފަޅުވެރިންގެ މައުލޫމާތުވެސް މި ދަފުތަރުގައި ހިމެނޭނެ އެވެ. ފަޅުވެރިން މަހަށްދާ ތާރީހާއި ދޯނިން ފައިބައިފިނަމަ އެ ތާރީހުވެސް މި ދަފުތަރުން އެނގޭނެ ކަމަށާއި އެހެން ދޯންޏަކަށް ބަދަލުވިނަމަވެސް، އެ މައުލޫމާތުވެސް ރައްކާކުރެވޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައިވެ އެވެ.

މަސްވެރިކަމަކީ ޕްރޮފެޝަނަލް މަސައްކަތެއްގެ ގޮތުގައި ކަނޑައަޅައި އެހެނިހެން މަސައްކަތްތަކެކޭ އެއްފަދައިން ދައުލަތުން ބަލައިގަންނަ އާމްދަނީ ލިބޭ މަސައްކަތެއް ކުރާ ބައެއްގެ ގޮތުގައި ކަނޑައެޅުމަށް މަސްވެރިންގެ ގައުމީ ދަފްތަރުގައި ރަޖިސްޓާވާން ވަނީ ހުޅުވާލައިފަ އެވެ.

އެ ދަފްތަރުގެ ސަބަބުން މަސްވެރިން ބޭންކިން ނިޒާމުގެ ތެރެއަށް ވެއްދުމާއި ދައުލަތުން ފޯރުކޮށްދިނުމަށް ބޭނުންވާ އިޖްތިމާއީ ރައްކާތެރިކަމާއި ސަބްސިޑީ ފަދަ ވަސީލަތްތައް ސީދާ މަސްވެރިންނަށް ފޯރުކޮށްދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް މަގުފަހިވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

މަސްވެރިކަން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ