ހުޅުމާލޭގައި 15 ޕާކިން އިމާރާތް އެޅުމުގެ މަސައްކަތް ފަށަން އުޅޭ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވެއްޖެ އެވެ.
ފަޒުލް މިގޮތަށް ވިދާޅުވީ ދައުލަތުގެ މީޑިއާއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ. މި އިންޓަވިއުގައި ވާހަކަދައްކަވަމުން ފަޒުލް ވިދާޅުވީ މި 15 ޕާކިން އިމާރާތުގައި 4000 އުޅަނދު ޕާކްކުރުމުގެ ޖާގަ ހުންނާނެ ކަމަށެވެ.
ވިޔަފާރި އުސޫލުން ކުރިއަށްގެންދާ މި މަޝްރޫއު 3 މަސް ދުވަސް ތެރޭގައި އެޗްޑީސީން އިއުލާންކުރާނެ ކަމަށް ފަޒުލް ވިދާޅުވި އެވެ.
އަމާޒަކީ ހުޅުމާލެ އަދި މާލޭގެ ޓްރެފިކް ތޮއްޖެހުން ކުޑަކުރުން ކަމަށާއި، ޕާކިން ފެސިލިޓީތައް ދެއަހަރާއި ތިން އަހަރާ ދެމެދުގެ މުއްދަތަކަށް ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މާލެ ސިޓީ ކައުންސިލުން ދަނީ މާލެ އަދި ހުޅުމާލޭގައި ވެސް ޕާކިން އޭރިއާ ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން ނެވެ. އެގޮތުން މިހާރުވެސް ޕާކިން ޖާގަތަކެއް ހުރިއިރު، މާލޭގައި އާ ޕާކިން އޭރިއާއެއް ހެދުމަށް މާފަންނު ސަހަރާއިން ޖާގައެއް ހަމަޖެއްސުމަށް ކައުންސިލުން ވަނީ ޑިވެލޮޕަރަކާ މަސައްކަތް ކޮންޓްރެކްޓްކޮށްފަ އެވެ.
ގްރޭޓާ މާލެ ސަރަހައްދުގައި ޕާކިންގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން އިސްކަންދެމުންދާއިރު، މާލެ އިންޑަސްޓްރިއަލް ޒޯނުގައި މިހާރު ކުއްޔަށް ދޫކުރެވޭ ބޮޑެތި އުޅަނދުފަހަރު ޕާކިން ކުރެވޭ ގޮތަށް އެބަހުއްޓެވެ. ސަރުކާރުގެ އެހީތެރިކަމާއެކު އިތުރު ހަތަރު ޕާކިން އިމާރާތެއް އެޅުމުގެ ޕްލޭންތައްވެސް ކުރިއަށް އެބަދެ އެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ހުޅުމާލެ މާލެ ސިޓީ މާލެ ސިޓީ ކައުންސިލް



