ބުޅާ މަސް ބޭނުންކުރިތޯ ޓެސްޓް ކުރަން ރާއްޖެއިން ބޭރަށް ސާމްޕަލް ފޮނުވަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ބަންގްލަދޭޝް ރައްޔިތެއް ކަމުގައިވާ އަރްފާތް ހޮސައިން ތާއްޔާރުކުރި ކާބޯތަކެތީގައި ބުޅާ މަސް ބޭނުންކުރިތޯ ޓެސްޓް ކުރަން ރާއްޖެއިން ބޭރަށް ސާމްޕަލް ފޮނުވާނެ ކަމަށް ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިިގޮތަށް ވިދާޅުވީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

އެ ބައްދަލުވުމުގައި ވަނީ ބުޅާ މަސް މެރުމުގެ ތުހުމަތުގައި ހައްޔަރުކުރި އަރްފާތް ހޮސެން (32އ) ވިއްކާ ކާބޯތަކެތީގައި ބުޅާ މަސް ބޭނުންކޮށްފައިވާކަން އަދި ކަށަވަރު ކުރެވިފައިނުވާ ކަމަށް ވިދާޅުވެފަ އެވެ. އަރްފާތް ކާބޯތަކެތި ތައްޔާރުކުރި ބަދިގޭގައި އެކި ވައްތަރުގެ މަސް ހުރިކަން ދައުރުވި ފޮޓޯތަކުން ދައްކަ އެވެ.

މި ކޮންފަރެންސްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިފަދަ ތަންތަން ބަންދުކޮށް ބިދޭސީ މީހާ ޑީޕޯޓްކުރި ނަމަވެސް، އެހެން ބިދޭސީންނެއް އަނެއްކާ އެތަންތަނުަގައި އޮޕަރޭޝަންސްތައް އަލުން ކުރިއަށްގެންދާ ކަމަށް މިނިސްޓްރީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އަރްފާތް ކާބޯތަކެތި ތައްުޔާރުކުރަން ގެންގުޅުނު ބަދިގެ މިހާރު ވަނީ އިމާރާތުގެ ވެރިފަރާތާއި ހަވާލުކޮށްފައި ކަމަށް ކޮންފަރެންސްގައި ބުނެފައި ވެއެވެ. އެތަން ވެރިފަރާތާއި ހަވާލުކުރުމުގެ ކުރިން އަރްފާތްގެ އުފެއްދުންތަކުގެ ސާމްޕަލް ނަގާފައިވާ ކަމަށް ހެލްތް މިނިސްޓަރު ހާމަކުރެއްވި އެވެ. އަދި އެތަކެތީގެ ލެބް ޓެސްޓް ނަތީޖާ ލިބުމުން، އެކަން ވީއެންމެ އަވަހަށް އާންމުކުރާނެ ކަމަށް ވިދާޅުވި އެވެ.

އެއާއެކު، މިނިސްޓަރު ވަނީ އަރްފާތްއާއި ގުޅުންހުރި މައުލޫމާތު ހިއްސާކުރުމަށް އާންމުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. އަރްފާތް ބުޅާ މެރުމުގައި ހަރަކާތްތެރިވިކަމަށް ކަށަވަރުވެފައިވާއިރު ބުޅާ މަހަކީ މުސްލިމުން ކެއުން ހަރާމް އެއްޗެެއް ކަމަށް ބުނެފައި ވެއެވެ.

މި މައްސަލައަށް އާންމުންގެ ސަމާލުކަން ލިބިފައިވަނީ އޭގެ ކުރީ ދުވަހު ލޯކަލް އެންޖީއޯ، ފެލީން ވެލްފެއާ އޯގަނައިޒޭޝަނުން ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓަކާ ގުޅިގެން ނެވެ.

ޖަނަވާރުތަކުގެ ހައްގުތަކާ ބެހޭ އެ ޖަމިއްޔާއިން ވަނީ އަރްފާތަކީ މާލޭގެ ވަޅޯމަސް މާރުކޭޓުގައި މަސައްކަތްކުރާ ލިޔެކިޔުން ނެތް ބިދޭސީއެއްގެ ގޮތުގައި ފާހަގަކޮށްފަ އެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން މިނިސްޓްރީ އޮފް ހެލްތް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ