އަމާޒަކީ ފަސް އަހަރު ތެރޭ 50،000 ބިދޭސީން ޑީޕޯޓްކޮށްލުން: އިމިގްރޭޝަން

Advertisement

Advertisement

އެންމެ ފަސް

Advertisement

މި ސަރުކާރުގެ އަމާޒަކީ މި ފަސް އަހަރު ތެރޭގައި، ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ 50،000 ބިދޭސީން ޑީޕޯޓުކޮށްލުންކަމަށް ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވެއްޖެ އެވެ.

ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ރޭ ޝަމްއާން ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް އިމިގްރޭޝަނުން މަސައްކަތް ކުރާނީ ފަސް އަހަރުގެ ޓާގެޓެއްގެ ދަށުން ކަމަށެވެ.

އަޅުގަނޑުމެންގެ ޓާގެޓަކަށް އެބަ އޮވޭ، ކްލޯޒް ޓު 50،000 އަށް މީހުން ބޭރުކުރުމުގެ. އެހެންވީމާ އެ އަދަދަށް ރީޗްވުމަށްޓަކައި ކުރަންޖެހޭ މަސައްކަތް އެބަހުރި. އެ މަަަސައްކަތް އަސްލު މި ކުރިޔަށް ދަނީ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ވަރަށް ބޮޑުވެފައިވާ ކަމަށާއި މިހާ ބޮޑަށް މި މައްސަލަ ގޯސްވެފައިވަނީ ކުރީ ސަރުކާރުން މި މައްސަލަ ހައްލު ކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައިވާ ނުވާތީކަމަށް ޝަމްއާން ވިދާޅުވި އެވެ.

ޝަމްއާން ވިދާޅުވީ މިދިޔަ ސަރުކާރުން ބިދޭސީން ޑީޕޯޓު ކުރަން ނިންމި ނަމަވެސް އެއްވެސް ބިދޭސީއަކު ޑީޕޯޓުކޮށްފައި ނުވާކަމަށެވެ. ގަވައިދާ ހިލާފުވާ ބިދޭސީން ގަވައިދުގެ ތެރެއަށް ވަނުމުގެ ފުރުސަތު ކުރީ ސަރުކާރުން ދިން ނަމަވެސް ބިދޭސީންނާ ދެކޮޅަށް ކުރި މަސައްކަތްތަކުން މާ ބޮޑު ކުރިއެރުމެއް ލިބިފައި ނުވާކަން ޝަމްއާން ވަނީ ފާހަގަ ކުރައްވާފަ އެވެ.

ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ މިހާ ބޮޑުވެފައި މިވަނީ މިދިޔަ ސަރުކާރުގެ ތަމްފީޒު ކުރުމުގެ ބައި ދަށްވުމުން ކަމަށް ޝަމްއާން ވިދާޅުވި އެވެ.

އެއީ ހަމަ ގަވާއިދާއި ހިލާފަށް އުޅޭ މީހުން، ބަރާބަރަށް ގަވާއިދާ ހިލާފަށް އެ އުޅެނީ. އެ ފަރާތްތައް ގަވާއިދުގެ ތެރެއަށް ވަންނާކަށް ވެސް މަސައްކަތެއް ނުކުރޭ. އެހެންވީމާ އެންފޯސް ނުކުރުމުގެ މައްސަލަ އަޅުގަނޑަށް ފާހަގަކުރެވޭ ގޮތުގައި މި ދިމާވީ މިދިޔަ ސަރުކާރުގައި.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ދެކޮޅަށް މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިދިޔަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދިޔަ 2،069 ބިދޭސީއަކު އިމިގްރޭޝަނުން ވަނީ ފުރުވާލާފަ އެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ދެކޮޅަށް އިމިގްރޭޝަން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރޭގައި ތިން ކަމެއް ހިމެނޭކަމަށް ޝަމްއާން ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ބިދޭސީންގެ މައުލޫމާތު އެއްކުރުމަށްޓަކައި ކުރިއަށް ގެންދާ ”ކުރަނގި“ އޮޕަރޭޝަނާއި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ފެއްތުމުގެ އިތުރުން ގާނޫނާއި ގަވާއިދުތައް ތަންފީޒު ކުރުން ޝަމްއާން ވަނީ ފާހަގަ ކުރައްވާފަ އެވެ.

މާލެ ސަރަހައްދުގައި ބިދޭސީން ގަވައިދާ ހިލާފަށް ހިންގާ ވިޔަފާރިތަކާ ދެކޮޅަށް އިމިގްރޭޝަނުން އަންނަނީ ފުލުހުންނާ ގުޅިގެން އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. މި އޮޕަރޭޝަންތަކުގައި މިހާތަނަށް 200 އަށް ވުރެ ގިނަ ތަންތަން ވަނީ ބަލާ ފާސްކޮށްފަ އެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތައް ހުއްޓާނުލާނެކަމުގެ ޔަގީންކަން ޝަމްއާން ވަނީ ރައްޔިތުންނަށް ދީފަ އެވެ.

އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ