ކަރަންޓު ބިލު ބޮޑު ގެތަކަށް ގޮސް އެނާޖީ އޮޑިޓެއް ހަދަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

މާލެ ސަރަހައްދުގައި ކަރަންޓު ބިލު ބޮޑު ގެތަކަށް ސްޓެލްކޯގެ ޓީމުތައް ފޮނުވައިގެން އެނާޖީ އޮޑިޓެއް ހެދުމަށް ނިންމާފައިވާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.

ސްޓެލްކޯއިން ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ އެމްޑީ ފަހުމީ ވިދާޅުވީ ކަރަންޓު ބިލު ބޮޑުވާ ކަމުގެ ޝަކުވާ ސްޓެލްކޯއަށް އަބަދުވެސް ލިބޭ ކަމަށެވެ. މިމަހު ބިލު ބޮޑުވެގެން ލިބުނު ޝަކުވާ މަދުކަން ފާހަގަ ކުރައްވާ ފަހުމީ ވިދާޅުވީ ރައްޔިތުންނަށް މިކަމުގެ ވާނުވާ އެނގެންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

މިދިޔަ މަހާ އަޅާ ބަލާއިރު މިމަހު މާލޭގެ 94 އިންސައްތަ ބިލު ކުޑަކަމަށް ފާހަގަ ކުރެވޭ ކަމަށާއި އަދި މާލޭގެ 6 އިންސައްތަ ބިލު އިންތިހާއަށް ބޮޑުކަން ފާހަގަ ކުރެވޭ ކަމަށެވެ. މީގެއިތުރުން ހުޅުމާލޭގެ 15 އިންސައްތަ ބިލު ވަރަށް ބޮޑުކަން ފާހަގަ ކުރެވޭ ކަމަށް ފަހުމީ ވިދާޅުވި އެވެ. އިންތިހާއަށް ބިލު ބޮޑުކަމަށް ފާހަގަ ކުރެވޭ ގެތަކުގައި ބިލު ބޮޑުވާ ސަބަބު ކަސްޓަމަރުންނަށް އަދި ސްޓެލްކޯއަށްވެސް އެނގެންޖެހޭ ކަމަށް ވިދާޅުވި އެވެ.

ފަހުމީ ވިދާޅުވީ ބިލު ބޮޑުވާ ގޭބިސީތަކަށް ޓީމުތައް ފޮނުވައިގެން އެނާޖީ އޮޑިޓެއް ކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ ގޭބިސީތަކުގައި ކަރަންޓު ބޭނުންކުރާ ގޮތާއި، ބޭނުންކުރާ އާލަތްތަކާއި އަދި ކަރަންޓު ބޭނުންކުރުމުގެ ހާލަތު މި އެނާޖީ އޮޑިޓުން ދެނެގަނެވާނެ ކަމަށެވެ. ފަހުމީ ވިދާޅުވީ މިކަމުން ކަރަންޓު އިގްތިސާދު ކުރުމަށްވެސް ކަސްޓަމަރުންނަށް ފަސޭހަވާނެ ކަމަށެވެ.

ހުސައިން ފަހުމީ ސްޓެލްކޯ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ