ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގައި ބިދޭސީންތަކެއް ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ރޭ 20:00 ހާއިރު ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގައި މަސައްކަތްކުރާ ދެ ބިދޭސީ މުވައްޒަފުން ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގާފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮޮށްފައިވާ ކަމަށެވެ. މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ފުލުހުންގެ ހައްޔަރަށް ގެނެވިފައިވާކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 37 އަހަރު އަދި 39 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. އަދި އަނިޔާ ލިބުނު މީހާއަށް ހަނިމާދޫ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ނެވެ.
