ހުކުރު ހުތުބާ: ދަރަނި އަދާނުކުރަންދެން ފުރާނަ ވާހުށީ އެލުވިގެން

Advertisement

Advertisement

އެންމެ ފަސް

Advertisement

ދަރަނި އަދާނުކުރަންދެން ފުރާނަ ވާހުށީ އެލުވިގެން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުކުރު ހުތުބާގައި ވާހަކަދައްކާފައިވަނީ ހަޔާތުގެ ހުޅުކޮޅު ނިވުމުގެ ކުރިން ދަރަނި އަދާކުރޭ، މި މައުޟޫއު އަށެވެ.

މި މައުޟޫއުއަށް ވާހަކަދައްކަމުން މިއަދުގެ ހުތުބާގައި ވަނީ ދަރަނި ދިނުމާއި ދަރަނި ނެގުމަކީ، އިސްލާމް ދީން ހުއްދަކުރާ ކަމެއް ކަމަށް ބުނެފަ އެވެ. ނަމަވެސް ދަރަނި ނަގާން ވާނީ އެ ދަރަނި އަދާކުރުމުގެ ނިޔަތުގައި ކަމަށް ބުނެފައި ވެއެވެ.  ދަރަނި އަދާކުރާން އަވަސްވެގަތުމަކީ، ދަރަނި ނެގި ފަރާތަށާއި، ދަރަނި ދޫކުރި ފަރާތަށް ވެސް އެންމެ ފައިދާ ހުރި ގޮތެވެ. ބޮޑެތި ދަރަނިތައް ނަގާން ވާނީ، އެ ފަދަ ދަރަނި އަދާކުރާނެ ގޮތުގެ ހިކުމަތްތެރި ރޭވުމެއް އޮވެގެން ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.

ދަރަނި ނުދެއްކި، ޝަރީއަތަށް މައްސަލަ ހުށަހެޅި، ތިމާ ކުށްވެރިވެ، އެ ކަމުގެ ސަބަބުން ދުނިޔެއާއި އާހިރަތް ނަގައިލެވޭ ކަމަކަށް އެ ކަން ވެގެންނެއް ނުވާނެ ކަމަށް މިއަދުގެ ހުތުބާގައި ބުނެފައި ވެއެވެ. އެ ފަދަ ދަރަންޏެއް ނެގުމަށް ވުރެ، އައުލާކަން ބޮޑީ ލިބޭ އާމްދަނީއަކާ އެއްވަރަށް ހަރަދުތައް ކުޑަކޮށް، އިގްތިސާދުކުރުން ކަމަށް ހުތުބާގައި އިއްވާފައި ވެއެވެ. ދަރަނި އަދާކުރުމުގެ ނިޔަތުގައި ދަރަނި ނަގާ މީހުންނަށް، ދަރަނި ދެއްކޭނެ ގޮތް، މާތް ﷲ މިންވަރުކޮށްދެއްވާނެ ކަމަށްވެސް ބުނެފައި ވެއެވެ.

ދަރަނީގެ މުއާމަލާތެއް ކުރާ އިރު، އެ ކަމާ ބެހޭ ލިޔެކިޔުމާއި، ހެކި ހުންނާން  ޖެހޭނެއެވެ. ކީރިތި ޤުރްއާނުގައި ވަނީ، އެކަންކަމަށް އަމުރުކުރައްވައިފަ އެވެ. ދަރަނީގެ އެއްބަސްވުން ލިޔާނެ މީހަކު ނެތް ހާލަތެއް ގައި، އިތުބާރެއްގެ ގޮތުން، ރަހުނެއް ބާއްވާން ވެސް ވަނީ އަމުރުކުރައްވައިފަ އެވެ.

ކިތަންމެ ކުޑަ ދަރަންޏެއް ކަމުގައި ވިޔަސް، އަދާނުކުރެވި އޮއްވައި، ދުނިޔެ ދޫކޮށް ދާން ޖެހުމަކީ ނުރައްކާތެރިކަމެކެވެ. އެއީ ފާފަފުއްސެވުމަށް ހުރަސްއެޅިދާނެ ކަމެކެވެ. ކީރިތި ރަސޫލާ z ޙަދީޘްކުރައްވައިފައި ވެއެވެ. (يُغْفَرُ لِلشَّهِيْدِ كُلُّ ذَنْبٍ إلَّا الدَّيْنَ)[1] މާނައީ: ”މާތް اللهُ، ޝަހީދުންނަށް، ދަރަނީގެ ފާފަ ފިޔަވައި އެހެން ހުރިހައި ފާފައެއް ފުއްސަވާހުއްޓެވެ.“ ވީމާ މީހަކު ދުނިޔެ ދޫކުރުމަށްފަހު، އޭނާގެ މައްޗަށް ކިތަންމެ ކުޑަ ދަރަންޏެއް އޮތަސް، އޭނާގެ ވާރުތަވެރީން އެ ދަރަނި އަދާކޮށްދޭން ޖެހޭނެއެވެ. ޝަހީދުންނަކީ ނުހަނު ދަރަޖަ މަތިވެރި ބަޔަކަށް ވީހިނދު، އެ މީހުންނަށް ވެސް ދަރަނީގެ ފާފަ ނުފުއްސެވުމަކީ ދަރަނިވެރީންނާއި އެމީހުންގެ ވާރުތަވެރީން ސަމާލުވާން ޖެހޭ ކަމެކެވެ.

 

ހުކުރު ހުތުބާ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ