ނ. ހެނބަދޫގައި ފުލުހުންގެ ސައިކަލުތަކެއްގައި ރޯކޮށްލައިފި ކަމަށް ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ވިދާޅުވެއްޖެ އެވެ.
ޝިފާން މިކަން ހާމަކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ޝިފާން ވިދާޅުވީ ހެނބަދޫގައި ފުލުހެއްގެ ސައިކަލަށް އިއްޔެ ގެއްލުންދީފައިވާ ކަމަށެވެ. އަދި އިތުރު ފުލުހެއްގެ ސައިކަލުގައި ރޭ ދަންވަރު ވަނީ ރޯކޮށްލާފައި ކަމަށްވެސް ވިދާޅުވި އެވެ.
މިކަމަކީ ނޫނު އަތޮޅުގައި ފުލުހުން ހިންގަމުންދާ މަސްތުވާތަކެތީގެ އޮޕަރޭޝަނަކާއި ދެކޮޅަށް އެކަމުގައި ތުހުމަތު ކުރެވޭ ބަޔަކު ކޮށްފައިވާ ކަމެއްކަމަށް ތުހުމަތުކުރެވޭ ކަމަށް ޝިފާން ވިދާޅުވި އެވެ.
މިފަދަ ”ފިނޑި“ އަމަލެއްގެ ސަބަބުން ފުލުހުންގެ ހިތްވަރާއި ސާބިތުކަމަށް ކުޑަވެސް ބަދަލެއް ނާންނާނެ ކަން މިފަދަ ވިސްނުމުގައި އަމަލުކުރަމުންދާ ފަރާތްތަކަށް ޝިފާން ހަނދުމަކޮށްދެއްވާފައި ވެއެވެ.



