ޓޫރިސްޓް ވިސާގައި މަސްވެރިކަން ކުރަމުންދިޔަ ޔޫރަޕް މީހެއް ޑީޕޯޓްކޮށްފި

Advertisement

އެންމެ ފަސް

Advertisement

ޓޫރިސްޓް ވިސާގައި މަސްވެރިކަން ކުރަމުންދިޔަ ޔޫރަޕް މީހެއް މޯލްޑިވްސް އިމިގްރޭޝަނުން ޑީޕޯޓްކޮށްފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން، އެކްސްގައި ބުނީ، ނޯވޭޖިއާއަށް ނިސްބަތްވާ އެ ފަތުރުވެރިޔާ ރާއްޖެއަށް ޒިޔާރަތްކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު ކަމަށެވެ. ޓޫރިސްޓް ވިސާގެ މުއްދަތު ހަމަވި ނަމަވެސް، އެ ފަތުރުވެރިޔާ ދިޔައީ ރާއްޖޭގައި މަޑުކޮށް، އުޅަނދެއްގައި ދިރިއުޅެ މަސްވެރިކަން ކުރަމުން ނެވެ. އެމީހާ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައީ ޖުލައި މަހުގެ 25 ވަނަ ދުވަހު މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެހީތެރިކަމާއެކުގަ އެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިތައް ހިންގުމާއި ބިދޭސީން ގަވާއިދާ ހިލާފަށް ވިޔަފާރި ކުރުމަކީ މިހާރުގެ ވެރިކަމުގައި ހީވާގިކަމާއެކު ހައްލުކުރަމުންދާ އެންމެ ސީރިއަސް ދެ ކަންބޮޑުވުމެވެ.

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން މީގެ ކުރިން ވަނީ ރާއްޖެއިން ބޭރުގައި ތިބި މީހުން ދެނެގަތުމަށް އެހީތެރިވުމުގެ ގޮތުން ރާއްޖެއިން ބޭރުގައި ތިބި މީހުންގެ ބަޔޮމެޓްރިކް ޑޭޓާ އެއްކުރުމުގެ މަސައްކަތެއް ކަމަށްވާ ’އޮޕަރޭޝަން ކުރަނގި‘ ފަށާފަ އެވެ.

މީގެ އިތުރުން އިމިގްރޭޝަނުން ދަނީ ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދައި ޑިޕޯޓް ކުރުމަށް ކަމާބެހޭ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އެހީތެރިކަމާއެކު ފިޔަވަޅު އަޅަމުން ނެވެ.

އިމިގްރޭޝަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ