ގެއްލުން ވަމުންދާތީ ފެނަކައިން އައިސް ޕްލާންޓް ހިންގުން ހުއްޓާލަން އުޅޭކަން ހާމަކޮށްފި އެވެ.
ފެނަކައިން މިކަން ހާމަކުރީ މިއަދު އެ ކުންފުނިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ އެމްޑީ މުއާޒު މުހައްމަދު ރަޝީދު ވިދާޅުވި ގޮތުގައި އެ ކުންފުނިން ހިންގަމުން އައީ އައިސް ޕްލާންޓްތައް ބެލެހެއްޓުމުގެ ޕްރައިމަރީ ސްކޯޕުން ބޭރުން ކަމަށެވެ. މިކަމުގެ ސަބަބުން ކޮންމެ އަހަރަކު ގާތްގަނޑަކަށް 12 މިލިއަން ރުފިޔާގެ ގެއްލުން ފެނަކައަށް ތަޖުރިބާވާ ކަމަށް އޭނާ ހާމަކުރެއްވި އެވެ. ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރުމަށްފަހު ފެނަކައިން ބުނީ މި ހިދުމަތްތައް ހުއްޓާލަން ނިންމީ މާލީ ގޮތުން އިތުރު ދަތިތަކެއް ކުރިމަތި ނުވާނެ ގޮތަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭޓީއެމް ހެދުމުގައި އެ ކުންފުނިން އެތައް މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން ވެސް މުއާޒު ފާހަގަކުރެއްވި އެވެ. މިކަމުގެ ސަބަބުން ފެނަކައިގެ މައިގަނޑު ހިދުމަތްތަކުގެ ފެންވަރު މަތިނުވި ނަމަވެސް، މި މަސައްކަތް ވެސް ހުއްޓާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މުއާޒު ވަނީ ކުންފުންޏަށް ގެއްލުން ލިބިދާނެ އެއްވެސް ހަރަކާތެއް ކުރުމުން ދުރުހެލިވާނެ ކަމަށް ވިދާޅުވެފަ އެވެ.
