ކުރީގެ ސަރުކާރުން ބަދަލުގެ ގޮތުގައި ދީފައިވަނީ 800 ގުނަ އިތުރު އަދަދެއް

Advertisement

Advertisement

އެންމެ ފަސް

Advertisement

ކުރީގެ ސަރުކާރުން ބަދަލުގެ ގޮތުގައި ދީފައިވަނީ އެހެން ސަރުކާރުތަކުން ބަދަލުގެ ގޮތުގައިް ދިން އަދަދަށްވުރެ 800 ގުނަ އިތުރު އަދަދެއް ކަމަށް ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު (މަންޑޭ) ވިދާޅުވެއްޖެ އެވެ.

މަމްދޫހު މިގޮތަށް ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

އެ ޕޯސްޓުގައި މަމްދޫހު ވިދާޅުވީ ބަދަލުގެ ގޮތުގައި 5 އަހަރެއްގެ ތެރޭގައި 2.4 ބިލިއަން ރުފިޔާ، ދިވެހި ރައްޔިތުންގެ ފައިސާއިން އެކިފަރާތްތަކަށް ދީފައިވާއިރު، އެފައިސާ ދެވުނު ގޮތުގެ ތަފްސީލު ދިވެހި ރައްޔިތުންނަށް ސާފުވާން ޖެހޭ ކަމަށެވެ. މިއަދަދަކީ ވޭތުވެ ދިޔަ ހުރިހާ ސަރުކާރަކުން ބަދަލުގެ ގޮތުގައި ދޫކޮށްފައިވާ ފައިސާއާ ނުބައްދަލު، 800 ގުނަ އިތުރު އަދަދެއްކަން މަމްދޫހު ފާހަގަކުރެއްވި އެވެ.

”މިގޮތަށް ރައްޔިތުންގެ މާލިއްޔާއިން ފައިސާ ދެވިފައިވާ ގޮތް، އަދި ދެވިފައިވަނީ ހައްގު ގޮތުގައި، އިންސާފުވެރިކޮށްތޯ، ނޫންތޯ، ދިވެހި ލޮބުވެތި ރައްޔިތުންނަށް ހާމަކޮށްދޭން ޖެހޭ. ފާހަގަކޮށްލަން ޖެހޭ ކަމަކީ އަދި ހަގީގަތަކީވެސް، ރަޢީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް 8 މަސްވެގެން ދިޔައިރުވެސް، މިފަދަ އެއްވެސް ހީލަތްތެރި ގޮތަކަށް، ދިވެހި ލޮބުވެތި ރައްޔިތުންގެ މާލިއްޔާއިން 25 ލާރިވެސް ބޭރު ނުކުރާކަން“

މަމްދޫހު މިގޮތަށް ވިދާޅުވެފައިވާއިރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ދޫކޮށްފައިވާ ބަދަލުތަކުގެ ތަފްސީލު ހޯދުމަށް މަޖިލީހުގެ ޕަބްލިކް އެކައުންޓްސް ކޮމިޓީން އިއްޔެ އެދިފައިވެ އެވެ.

އެ މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީވެސް މަމްދޫހެވެ. އޭނާ ވިދާޅުވީ ބަދަލުގެ ގޮތުގައި ފާއިތުވި ފަސް އަހަރު ތެރޭގައި ދެ ބިލިއަން ރުފިޔާ އަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.

”ބަދަލުގެ ގޮތުގައި މިހާ ބޮޑު އަދަދެއް ދޫކޮށްފައި އޮތުމުން، އަޅުގަނޑަށް ހީވަނީ މި [ފަންޑުތައް] ދޫކުރީ ކިހިނެއްތޯ ބަލަން ޖެހޭހެން،“ އޭނާ ވިދާޅުވި އެވެ.

އެ ހުށަހެޅުމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރްޒޫގު ތާއީދު ކުރެއްވި އެވެ.

މިދިޔަ އަހަރު ނިމުނުއިރު ސަރުކާރުން ވަނީ ބަދަލުގެ ގޮތުގައި 556 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. މިއީ ބަޖެޓް ކުރި އަދަދަށް ވުރެ ފަސް ގުނަ އިތުރު އަދަދެކެވެ. މިއަހަރު ދައުލަތުގެ ބަޖެޓުގައި ބަދަލުގެ ގޮތުގައި ކަނޑައަޅާފައިވަނީ 101 މިލިއަން ރުފިޔާ އެވެ. ނަމަވެސް އަހަރުގެ މެދުތެރެއަށް ދިޔައިރު މި އަދަދު މިހާރު ވަނީ ފަހަނައަޅައި ގޮސްފައެވެ.

ވޭތުވެދިޔަ 13 އަހަރުގެ ތެރޭގައި ދައުލަތުން އެކި ފަރާތްތަކަށް ބަދަލު ދިނުމަށް 2.7 ބިލިއަން ރުފިޔާ ހަރަދު ކުރި އެވެ. މިއިން 74 އިންސައްތަ ދޫކޮށްފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި. ސޯލިހުގެ ވެރިކަމުގައި ދެ ބިލިއަން ރުފިޔާ ދޫކޮށްފައި ވެއެވެ.

ރައްޔިތުންގެ މަޖިލިސް ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ