މިއަދުގެ އެކްސިޑެންޓް؛ ފިލި ކާރު ޑްރައިވަރު ހައްޔަރުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ފުލުހުން، މިއަދު ހިނގި އެކްސިޑެންޓްގައި ކާރު ދުއްވި މީހާ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ހުޅުމާލޭގައި މިއަދު ހިނގި އެކްސިޑެންޓްގައި ކާރު ދުއްވަން ހުރީ 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިރޭގެ ވަގުތެއްގަ އެވެ. ފުލުހުން ބުނީ ކާރު އެކްސިޑެންޓްވުމަށްފަހު އެ ފިރިހެންމީހާ އެކްސިޑެންޓް ސީން ދޫކޮށް ފިލާފައިވާ ކަމަށެވެ.

ހުޅުމާލޭގައި ހިނގި މި އެކްސިޑެންޓްގައި މީހަކަށް އަނިޔާވެފައި ވެއެވެ.

ފުލުހުން ބުނީ ހުޅުމާލެ ފޭސް 2 ވިނަރެސް ފްލެޓް ކައިރީގައި ކާރަކާއި ސައިކަލެއްޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މިއަދު މެންދުރުގެ ވަގުތެއްގައި ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގައި ހިމެނޭ ސައިކަލް ދުއްވި ފިރިހެންމީހާއަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތުދިނެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ