ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ ހުޅުމާލެ ފޭސް 2 ވިނަރެސް ފްލެޓް ކައިރީގައި ކާރަކާއި ސައިކަލެއްޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މިއަދު މެންދުރުގެ ވަގުތެއްގައި ރިޕޯޓްކޮށްފައި ވެއެވެ.
މި އެކްސިޑެންޓްގައި ހިމެނޭ ސައިކަލް ދުއްވި ފިރިހެންމީހާއަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތުދިނެވެ. އަދި މި އެކްސިޑެންތުގައި ކާރު ދުއްވަން އިން މީހާ ވަނީ ފިލާފަ އެވެ. ފުލުހުން ބުނި ގޮތުގައި ފިލި މީހާ ހޯދުމުގެ މަސައްކަތް މިހާރު އެ އިދާރާއިން ކުރަމުން އަންނަ ކަމަށެވެ.
މި އެކްސިޑެންޓާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.



