ޖައިޝަންކަރް ރައީސް މުއިއްޒުއާ ބައްދަލުކުރައްވަން، އަންނަ މަހު ރާއްޖެ ވަޑައިގަންނަވަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖޭޝަންކަރް އަންނަ މަހު ރާއްޖެ ވަޑައިގަންނަވަން އުޅުއްވާ ކަމަށް އިންޑިއާގެ މީޑިއާއަކުން ރިޕޯޓްކޮށްފި އެވެ.

އިންޑިއާގެ މީޑިއާއިން ރިޕޯޓްކުރި ގޮތުގައި ޖައިޝަންކަރް ރާއްޖެއަށް ވަޑައިގަންނަވާނީ އޮގަސްޓް 9 ހިސާބުގަ އެވެ. އަދި އޭނާ ރާއްޖޭގައި މަޑުކުރައްވާނީ ދެ ތިން ދުވަހުގެ މުއްދަތަކަށް ކަމަށްވެސް ރިޕޯޓްކުރި އެވެ.

ޖައިޝަންކަރްގެ މި ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރުއާއި ބައްދަލުކުރައްވާނެ ކަމަށް މީޑިއާއިން ރިޕޯޓްކޮށްފައިވެ އެވެ.

މިއީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ މިއަހަރު ތެރޭގައި ތިންވަނަ ދައުރަކަށް ހުވާކުރެއްވުމަށްފަހު އެގައުމުގެ މިނިސްޓަރެއް ރާއްޖެއަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތްފަހުން ދިވެހި ސަރުކާރުގެ އިސް 3 އޮފިޝަލެއް އިންޑިއާއަށް ރަސްމީ ދަތުރުފުޅު ކުރައްވާފައިވެ އެވެ. މޭއި މަހުގައި މިނިސްޓަރު ޒަމީރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މުއިއްޒު ވަނީ ޖޫންގައި އިންޑިއާގެ ބޮޑުވަޒީރުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންފަ އެވެ. އަދި މިހާރު ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ހުންނެވީ އިންޑިއާގައި ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ހާއްސަ ރޯޑް ޝޯވއެއް ކުރިއަށްގެންދެވުމުގެ މަސައްކަތުގައި އިންޑިއާގަ އެވެ.

އިއްޔެ ފައިސަލް ވަނީ އިންޑިއާގެ ޓޫރިޒަމް މިނިސްޓަރު ގަޖެންދްރާ ސިންގްއާއި އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަޕު ރާމްމޯހަން ނޮއިޑޫއާއިވެސް ބައްދަލުކުރައްވާފަ އެވެ.

ރާއްޖެއިން މިހާރު މަސައްކަތް ކުރަމުން ދަނީ އިންޑިއާއާއިއެކު ފްރީ ޓްރޭޑް އެގްރީމެންޓެއްގެ މަޝްވަރާތައް ކުރިއަށްގެންދިއުމެވެ.

މިއަހަރުގެ ބަޖެޓް 2024-2025 ގައި އިންޑިއާ ސަރުކާރުން ވަނީ މި ގައުމަށް، އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓާއި ކޮމިއުނިޓީ ޕްރޮޖެކްޓްތަކަށް ₹400 ކްރޯޑް ރުޕީސް (47,768,160 ޑޮލަރު) ކަނޑައަޅާފަ އެވެ.

މާލޭ އާއި ކައިރީގައި އޮންނަ ވިލިނގިލި، ގުޅީފަޅު، އަދި ތިލަފުށްޓާއި ދެމެދު 6.74 ކިލޯމީޓަރު ދިގު ބްރިޖަކާއި ކޯޒްވޭ ލިންކް ހެދުމުގެ މަސައްކަތް ހިމެނޭ ގްރޭޓާ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓް (ޖީއެމްސީޕީ) ގެ މަސައްކަތްވެސް އިންޑިއާއިން ދަނީ ކުރަމުން ނެވެ. މި މަޝްރޫއަކީ އިންޑިއާގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއްގެ ދަށުން ހިންގާ މަޝްރޫއެކެވެ.

މީގެ އިތުރަށްވެސް އިންޑިއާއިން ވަނީ ގުޅީފަޅު ބަނދަރު ތަރައްގީކުރުމާއި، ހަނިމާދޫގައި އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ފަދަ އެހެން މަޝްރޫއުތަކުގައިވެސް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

އިންޑިއާގެ މީޑިއާއިން ރިޕޯޓްކުރާގޮތުގައި މިއަހަރުގެ ސެޕްޓެމްބަރު މަހު ރައީސް މުއިއްޒު އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައި ވެއެވެ. ނަމަވެސް ރައީސް އިންޑިއާއަށް ވަޑައިގަންނަވާނެ ތަރީހެއް އަދި ހާމަވެފައިނުވާ ކަމަށް ރިޕޯޓްކޮށްފައި ވެއެވެ.

ރާއްޖެ - އިންޑިއާ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ