އިރުއިރުކޮޅާ ބައިއިލެކްޝަންތައް ބޭއްވުމަށް ރާއްޖޭގެ އިގުތިސާދު ތަންނުދޭކަމަށް މެންބަރު އަހުމަދު ތާރިގް ވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ވަނީ ބަހުސްކޮށްފަ އެވެ.
އެގޮތުން އެ ބަހުސްގައި ވާހަކަ ދައްކަވަމުން މަހިބަދޫ ދާއިރާގެ މެންބަރު ތާރިގް ވިދާޅުވީ އާ ޤާނޫނުއަސާސީއަށް އަމަލުކުރަން ފެށުނުފަހުން އެންމެ ގިނައިން އިސްލާހު ކުރެވިފައިވަނީވެސް ލާމަރުކަޒީ ނިޒާމާގުޅޭ ކަންކަމުގައި ކަމަށާއި ލާމަރުކަޒީ ނިޒާމާ ގުޅޭ ޤާނޫނުތައް އެކި ވެރިކަންތަކުގައި އެކި ވަރަށް އިސްލާޙު ކުރެވިފައިވާ ކަމަށެވެ. ތާރިގް ވިދާޅުވީ ޤާނޫނުއަސާސީ ފަރުމާކޮށްފައިވަނީ ރާއްޖެއަކީ ޔުނިޓަރީ ދައުލަތެއްގެ ގޮތުގައި ކަމަށެވެ.
ތާރިގް ވިދާޅުވީ ރައްޔިތުން އިންތިހާބުކުރާ ވެރިއަކު ރަށްރަށުގައި ހުރުމަކީ ޑިމޮކްރަޓިކް އުސޫލުން އެންމެ ރަނގަޅު ގޮތްކަމަށެވެ. ބައެއް މެންބަރުން އިންތިހާބުތައް ނުބާއްވާ ގޮތަށް ވާހަކަ ދެއްކިކަން ފާހަގަކުރައްވާ ތާރިގް ވިދާޅުވީ އެއީ ރަނގަޅު ގޮތެއް ނޫން ކަމަށާއި އިންތިހާބުތައް ބާއްވަންވާނެ ކަމަށެވެ. އަދި ރައްޔިތުންނަށް އެ ވެރިމީހާ ހޮވުމުގެ ފުރުސަތުވެސް ދޭންވާނެ ކަމަށް ވިދާޅުވިއެވެ. ތާރިގް ވިދާޅުވީ މައްސަލަ ދިމާވެފައިވަނީ ކައުންސިލްތަކަށް އިންތިހާބުކުރާ މެންބަރުން އިތުރުކޮށް މުއްދަތުތަކަށް ބަދަލުގެނައުމުން ކަމަށެވެ.
ތާރިގް ވިދާޅުވީ އިރުއިރުކޮޅާ ބައިއިލެކްޝަންތައް ބާއްވަން ރާއްޖޭގެ އިގްތިސާދީ ހާލަތު ތަންނުދޭ ކަމަށެވެ.
”ރާއްޖޭގެ އިގްތިސާދީ ހާލަތުވެސް މިވަގުތު ހާއްސަކޮށް ތަނެއްނުދޭ އިރުއިރުކޮޅާ ބައިއިލެކްޝަންތައް، މުޅި ރާއްޖޭގައި ފެތުރިގެންދާގޮތަށް ބާއްވާކަށެއް… އިންތިހާބުތައް އޮންނަންވާނެ. އެ އިންތިހާބުތައް ހަ މަސްދުވަހުން އެތުމަކީ ހަމަ ރަނގަޅުގޮތެއް.“
ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވިކަންކަމާ ގުޅިގެން ތާރިގް ވަނީ ރައްޔިތުންގެ މަޖިލީހުގެ އަންނަ ދައުރުގައި ޤާނޫނުއަސާސީ އިސްލާހުކުރުމުގެ މަސައްކަތްތައް ފެށޭނެކަން ފާހަގަކުރައްވާފައެވެ. އަދި އެމަސައްކަތުގައި ސިޔާސީ ޕާޓީތައް އަދި އެކި ފަރާތްތަކުގެ ހިޔާލު ރައްޔިތުންގެ މަޖިލީހަށް ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލިސް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިޤް (ޓޮމް) ލާމަރުކަޒީ ނިޒާމް
