ކުރީގެ ސަރުކާރުތަކުން ކުރަން ނުކެރުނު އެތައް ކަމެއް މި ސަރުކާރުން ކޮށްފި: ނާޒިމް

Advertisement

Advertisement

އެންމެ ފަސް

Advertisement

ކުރީގެ ސަރުކާރުތަކުން ކުރަން ނުކެރުނު އެތައް ކަމެއް މި ސަރުކާރުން ކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ނާޒިމް މިގޮތަށް ވިދާޅުވީ މިރޭ ޕީއެންސީއިން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ގައުމުގައި އިސްލާހު ނުވެ ހުރި އެތައް ކަންތައްތަކުގެ ތެރެއިން ހަމަ އެެއްގޮތަކަށްވެސް އެއްވެސް ވެރިކަމެއްގައި ކުރަން ނުކެރުނު އެތައް ކަމެއް މިހާރު ގެންދަނީ ކުރަމުން ކަމަށެވެ. އޭގެ ތެރޭގައި ޖުޑީޝަރީ އިސްލާހު ކުރުމާއި ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ. ބިދޭސީން ގިނަވުމުގެ މައްސަލައަށް އިޝާރާތްކުރައްވަމުން ނާޒިމް ވަނީ މަގުމައްޗަށް ބަލާލިޔަސް އެ މައްސަލަ ހައްލުވަމުންދާ ކަން ފާހަގަކުރެވޭ ކަމަށެވެ.

މީގެ އިތުރަށްވެސް މަޖިލީހުގައި މިވަގުތު އޮތް ވަޒީފާއާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ ވާހަކައިގެ މައްޗަށްވެސް ނާޒިމް އަލިއަޅުވާލެއްވި އެވެ.

”އިސްލާހު ކުރުމަށްޓަކައި އެހެން މައްސަލަތައްވެސް އެބަ އާދޭ. ވުޒާރާތަކުގެ މަސައްކަތްތައްވެސް އެ ގެންދަނީ ބަދަލުކުރަމުން. އެންމެ ފަސޭހަ އެންމެ އޮމާން ގޮތަކަށް އެކަން ކުރުމަށްޓަކައި“

އެކި ވެރިކަންތަކުގައި ޖުޑީޝަރީ އިސްލާހު ކުރުމުގެ ނަމުގައި އެކި ކަންތައްތައް ކުރެވިފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ. އެގުޮތުން، ޖުޑީޝަރީ އިސްލާހު ކުރުމުގެ ނަމުގައި އެއް ވެރިކަމެއްގައި ސުޕްރީމް ކޯޓުގައި ތަޅު އެޅި ކަމަށް ނާޒިމް ވިދާޅުވި އެވެ.

”ޖުޑީޝަރީ އިސްލާހު ކުރުމުގެ ނަމުގައި ފަނޑިޔާރަކު ހައްޔަރުކޮށްފި. އެއް ވެރިކަމެއްގައި ސުޕްރީމް ކޯޓުގެ ފުރާޅު ޓިނު ނަގައިފި. އެހެން ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި ވިދާޅުވަނީ ތިމަންނަ ޖުޑިޝަރީ އިސްލާހު ކުރުމަށްޓަކައި ޖުޑީޝަރީއަށް މިހާރު އެންމެ ބޭނުންވެފައިވާ ކަމަކީ ޖުޑީޝަރީގެ އިމާރާތުގެ މައްސަލަ ކަމަށްވާތީ ޖުޑީޝަލް ކޮމްޕްލެކްސް މަސައްކަތް މިއަހަރު ތެރޭގައި ފައްޓަވައިދެއްވާނަމޭ. އަދި އެކަމަށް ހައްލެއް ހޯދައިދެއްވާނެ“ ނާޒިމް ވިދާޅުވި އެވެ.

 

 

ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ