ދިވެހިރާއްޖޭގެ ގުދުރަތީ މާހައުލުތަކާއި ވަސީލަތްތަކަކީ ގައުމުގެ ތަރައްގީއަށް ވަރަށް މުހިންމު އެއްޗެއްކަން ފާހަގަކޮށް، ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް މެނޭޖްކޮށް ބެލެހެއްޓުމަށް ކައުންސިލްތަކަށް ތަމްރީނު ދިނުމުގެ ޕްރޮގްރާމެއް އިއްޔެ ފަށައިފި އެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ޖީޑީޕީގެ 89 އިންސައްތަ ހިއްސާވަނީ ގުދުރަތީ މާހައުލުތަކުން ލިބޭ އާމްދަނީއަށް ބިނާވެފަ އެވެ. މިގޮތުން ފަތުރުވެރިކަމާއި މަސްވެރިކަން ބިނާވެފައި އޮންނަނީ ގުދުރަތީ މާހައުލުތަކުގެ މައްޗަށާއި މި ސަރަހައްދުތަކުން ފެންނަ ދިރޭތަކެތީގެ ނަސްލުތަކުގެ މައްޗަށެވެ.
މިހާތަނަށް 91 ސަރަހައްދެއް ހިމާޔަތްކުރެވިފައިވާއިރު މިހާރު ބެލެހެއްޓެނީ 5 ސަރަހައްދެއްކަން އެންވާރަމެންޓް މިނިސްޓްރީން ފާހަގަކުރި އެވެ. އިއްޔެ ބޭއްވުނު ތަމްރީނު ޕްރޮގްރާމަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް މެނޭޖްކޮށް ބެލެހެއްޓުމަށް ކައުންސިލްތަކަށް ތަމްރީނު ދިނުމުގެ ގޮތުން ބޭއްވުނު ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގެ މަގްސަދަކީ ކަރުދާހުން ހިމާޔަތްކޮށްފައިހުރި ސަރަހައްދުތަކަކީ މެނޭޖްކުރެވޭ ސަރަހައްދުތަކަކަށް ހެދުމަށް ކައުންސިލްތަކުގެ އެއްބާރުލުން ހޯދުމާއި، އެންވާރަމެންޓް މިނިސްޓްރީއިން މިކަން ކުރާއިރު މެނޭޖްމަންޓް ޕްލޭން ހެދުމާ ބެހޭގޮތުން ކައުންސިލްތަކަށް ތަމްރީނު ދިނުމެވެ.
މި ތަމްރީނު ޕްރޮގްރާމަކީ ރާއްޖޭގެ ގުދުރަތީ މާހައުލު ހިމާޔަތްކޮށް، އިގްތިސާދީ ގޮތުން މުހިންމު މި ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް އެންވާރަމެންޓް މިނިސްޓްރީން ބުނެފައި ވެއެވެ.
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، އޯޝަން ކަންޓްރީ ޕާޓްނަރޝިޕް ޕްރޮގްރާމް އަދި އައިލަންޑް ވެޓްލެންޑްސް ގުޅިގެން އިއްޔެ ކައުންސިލްތަކަށް ހާއްސަކޮށްގެން ބޭއްވި މި ތަމްރީނަކީ ރާއްޖޭގައި ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކުން ރައްޔިތުންނަށް އިގްތިސާދީ މަންފާ ލިބި، ދެމެހެއްޓެނިވި ގޮތަކަށް އެންމެ ރަނގަޅަށް ބެލެހެއްޓޭނެ ގޮތްތައް ދަސްކޮށްދިނުމަށް ބާއްވާ މުހިންމު ތަމްރީނެކެވެ.
ރާއްޖޭގައި މިހާރު 91 ސަރަހައްދެއް ހިމާޔަތްކުރެވިފައިވާއިރު، މި ސަރަހައްދުތައް އެންމެ ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގިނަ ފަރާތްތަކެއްގެ އެއްބާރުލުން ބޭނުންވާކަން އެންވާރަމެންޓް މިނިސްޓްރީން ފާހަގަކުރި އެވެ. މި ތަމްރީނާ އެކު އިފްތިތާހުކުރެވުނު ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކަށް ހެދިފައިވާ ގައުމީ މެނޭޖްމަންޓް ޕްލޭން ގައިޑަންސް ޑޮކިއުމަންޓް އަދި ފްރޭމްވޯކްގެ ސަބަބުން، މި ސަރަހައްދުތައް ރަނގަޅަށް ބެލެހެއްޓި، ތިމާވެށި އިތުރަށް ހިމާޔަތްވެ، ރާއްޖޭގެ ގުދުރަތީ އަދި ސަގާފީ ތަރިކަ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށް އެންވާރަމެންޓް މިނިސްޓްރީން ބުންޏެވެ.
އެންވާރަމެންޓް މިނިސްޓަރ ވިދާޅުވި ގޮތުގައި މި ތަމްރީނުގައި ބައިވެރިވާ ފަރާތްތަކަށް ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ދެމެހެއްޓެނިވި ގޮތަކަށް ރައްޔިތުންނަށް ބޭނުންކުރެވޭނެ ގޮތްތައް ދަސްވެ، އަންނަން އޮތް ޖީލުތަކަށް ރާއްޖޭގެ ގުދުރަތީ ގޮތުން މުއްސަނދި މާހައުލުތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ އެވެ. އަދި މި މުހިންމު މަސައްކަތުގައި ބައިވެރިވި އެންމެހައި ފަރާތްތަކަށް ޝުކުރު އަދާކުރެއްވި އެވެ.
ރާއްޖޭގެ މެރިން ޕްރޮޓެކްޓެޑް އޭރިއާތައް ހިމާޔަތްކޮށް ބެލެހެއްޓުމަށް އިނގިރޭސިވިލާތުން ދެމުންގެންދާ އެހީތެރިކަމަށް މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
މި މުހިންމު މަސައްކަތުގައި އިނގިރޭސިވިލާތުގެ ހައި ކޮމިޝަނަރ، ހަރ އެކްސެލެންސީ ކެރޮން ރޯސްލަރ އާއި، އިނގިރޭސި ސަރުކާރުގެ އޯޝަން ކަންޓްރީ ޕާޓްނަރޝިޕް ޕްރޮގްރާމް (އޯސީޕީޕީ) އަދި އައިލެންޑް ވެޓްލޭންޑްސްގެ އެހީތެރިކަންވެސް ފާހަގަކޮށް ޝުކުރު އަދާކުރެއްވެވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މި ޕްރޮގްރާމްތަކުގެ ދަށުން ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކަކީ ވަރަށް މުހިންމު މަސައްކަތްތަކެއް ކަމަށާއި، މި މަސައްކަތްތަކުން ރާއްޖޭގެ މުހިންމު މެރިން ޕްރޮޓެކްޓެޑް އޭރިއާތައް ހިމާޔަތްކޮށް ބެލެހެއްޓުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި އިނގިރޭސިވިލާތުގެ ހައި ކޮމިޝަނަރާއި އެހެނިހެން އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މި ދާއިރާއިން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރާނެ ކަމަށް ދެފަރާތުން އެއްބަސްވެވަޑައިގެންނެވި އެވެ.
މިނިސްޓަރ ޠާރިޤު އިބްރާހީމް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް



