ވަކީލަކު ހަމަޖައްސަން މަންޑޭއަށް 10 ދުވަސް

Advertisement

Advertisement

އެންމެ ފަސް

Advertisement

ކޭޕާކް މައްސަލައިގައި ދައުވާއުފުލި ވިޔަފާރިވެރިޔާ ހަސަން މަމްދޫހު (މަންޑޭ) އަށް ވަކީލަކު ހަމަޖެއްސުމަށް 10 ދުވަހުގެ ފުރުސަތެއް ދީފި އެވެ.

ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ތަރައްޤީ ކުރަމުންދާ ކޭ-ޕާރކް ރެޒިޑެންސްގެ އެޕާޓްމަންޓްތައް ވިއްކުމުގައި އޮޅުވާލުމާއި، މަކަރާއި ހީލަތް ހަދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި 201 ދައުވާއެއް ކޮށްފައިވަނީ ވިޔަފާރިވެރިޔާ ހަސަން މަމްދޫހްގެ އިތުރުން ޖައިޝާން ސައީދުގެ މައްޗަށެވެ.

މި މައްސަލައިގެ ޝަރީއަތް މިއަދު ފަށާފައިވާއިރު މިއަދު ވަނީ މަންޑޭއަށް އަދި ސައީދަށް ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތު ދީފަ އެވެ. އެގޮތުން ވަކީލަކު ހަމަޖެއްސުމަށް 10 ދުވަހުގެ މުއްދަތެއް ދިންއިރު އިތުރު އަޑުއެހުމެއް 10 ދުވަހުގެ ފަހުން ބާއްވާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވި އެވެ.

ކޭޕާކް މައްސަލައިގައި މަންޑޭގެ މައްޗަށް ދައުވާ އުފުލާފައިވަނީ 12 ޑިސެންބަރު 2023 ދުވަހުއެވެ. މި މައްސަލައިގައި މަންޑޭގެ މައްޗަށް، މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ 3 ދައުވާ، ޓެކުމުގެ ކުށުގެ 50 ދައުވާ، އޮޅުވާލުމުގެ އަމަލެއް ކުރުމުގެ ކުށުގެ 50 ދައުވާ އަދި މަނީ ލޯންޑްރިންގެ ކުށުގެ ދައުވައެއް އުފުލާފައިވެއެވެ.

މީގެއިތުރުން ދައުވާ އުފުލި ސައީދުގެ މައްޗަށް މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުމުގެ ކުށުގެ 3 ދައުވާ، ޓެކުމުގެ ކުށުގެ 20 ދައުވާ، ޓެކުމުގައި ބައިވެރިވުމުގެ ކުށުގެ 27 ދައުވާ، އޮޅުވާލުމުގެ ޢަމަލެއް ކުރުމުގެ ކުށުގެ 47 ދައުވާ އަދި މަނީ ލޯންޑަރކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާއެއް އުފުލާފައިވެއެވެ.

މި މައްސަލައިގައި ޕީޖީ އޮފީހުން މީގެކުރިން ބުނެފައިވަނީ ދައުވާ ކޮށްފައިވަނީ ކޭޕާކް ރެޒިޑެންސްގެ ޖުމްލަ 23 އެޕާޓްމަންޓެއް ވިއްކާފައިވާ މައްސަލަތަކާއި ގުޅޭ ދަޢުވާތަކެއް ކަމަށެވެ. މި 23 އެޕަރޓްމަންޓް 50 މީހުންނަށްވުރެ ގިނަ މީހުންނަށް ވިއްކާފައިވާ ކަމަށެވެ. މިގޮތުން ބައެއް އެޕަރޓްމަންޓް 6 މީހުންނަށްވެސް ވިއްކާފައި ހުރިކަމަށެވެ. 

ހަސަން މަމްދޫހު (މަންޑޭ) ކްރިމިނަލް ކޯޓު ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ