އައްޑޫގެ ކަރަންޓު މައްސަލަ ދިމާވީ ކުރީ ސަރުކާރުން ތަރައްގީ ނުކޮށް އޮތުމުން

Advertisement

Advertisement

އެންމެ ފަސް

Advertisement

އައްޑޫގެ ކަރަންޓު މައްސަލަ ދިމާވެފައިވަނީ މިދިޔަ ފަސް އަހަރު އެތަނަށް އެއްވެސްކަހަލަ ތަރައްގީއެއް ނުގެނެވި އޮތުމުން ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޠާރިޤުއާ ސުވާލު ކުރުމަށް ލިބުނު ފުުރުސަތުގައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރު އިބްރާހިމް ނާޒިލް ވަނީ އައްޑޫގެ ކަރަންޓު މައްސަލައާ ގުޅޭގޮތުން ސުވާލު ކޮށްފަ އެވެ.

އައްޑޫ ކަރަންޓު މައްސަލައާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ އައްޑޫ ކަރަންޓު މައްސަލައަކީ މިދިޔަ ފަސް އަހަރު އެތަނަށް އެއްވެސް ތަރައްގީއެއް ނުގެނެސް އޮތުމުން ދިމާވެފައިވާ މައްސަލައެއް ކަމަށާއި، މިސަރުކާރު ވެރިކަމާ ހަވާލުވިއިރު އެތަންތަނުގައި މެއިންޓޭނަންސް މަސައްކަތްވެސް ކޮށްފައި ނެތް ކަމަށެވެ. އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް މިސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ޠާރިޤު ވިދާޅުވި އެވެ.

އެންމެ ޕީކް ވަގުތު 12 މެގަވޯޓްގެ ކަރަންޓު އައްޑުއަށް ބޭނުންވާ ކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ އެކަމަށް އެ ސިޓީގައި 20 ޖެނަރޭޓަރުގެ ޖުމުލަ 26.8 މެގަވޮޓް ލިބޭ ޖެނަރޭޓަރު ސެޓެއް ހުރި ކަމަށެވެ. އެހެންނަމަވެސް އޭގެތެރެއިން 5 ޖަނަރޭޓަރު ހަލާކުވެފައިވާ ކަމަށާއި، މިހާރު އުފެއްދެނީ 15 މެގަވޮޓްގެ ކަރަންޓުކަމަށް ވިދާޅުވި އެވެ. އެހެންކަމުން ޕީކް ވަގުތުތަކުގައި ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވާ ކަމަށް ވިދާޅުވި ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއެވެ.

އައްޑުއަށް ބޭނުންވާ 1.5 މެގަވޮޓްގެ އާ ޖަނަރޭތަރެއް ގަނެފައިވާކަން ފާހަގަ ކޮށް މިނިސްޓަރު ޠާރިޤު ވިދާޅުވީ އޮގަސްޓް މަހު އެ ޖަނަރޭޓަރު ބަހައްޓާ ނިމޭނެ ކަމަށެވެ. މީގެއިތުރުން ތިން ޖެނަރޭޓަކަށް ބޭނުންވާ ސްޕެއާ ހޯދާފައިވާ ކަމަށާއި އެ ޖަނަރޭޓަރުތައްވެސް އޮގަސްޓްގެ ކުރިން އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް ވިދާޅުވިއެވެ. އަދި އިތުރު ދެ ޖެނަރޭޓަރު އޯވަހޯލް ކުރުމަށްފަހު އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިސް އައްޑޫ ސިޓީ މިނިސްޓަރ ޠާރިޤު އިބްރާހީމް ފެނަކަ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ