އިނންޖީނުގެތައް އެޅުމުގެ މަސައްކަތް ކޮށްފައިވަނީ ޕްލޭނެއް ނެތި: މިނިސްޓަރު ޠާރިޤު

Advertisement

Advertisement

އެންމެ ފަސް

Advertisement

ކުރީ ސަރުކާރުން ރަށްރަށުގައި އިންޖީނުގެތައް އެޅުމުމުގެ މަސައްކަތްތައް ކޮށްފައިވަނީ އެއްވެސް ޕްލޭނެއްނެތި ކަަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު ޠާރިޤާއި ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި މެންބަރުން ވަނީ ކުރީ ސަރުކާރުން ފެނަކަ މެދުވެރިކޮށް ރަށްރަށުގައި އަޅަން ފަށާފައިވާ އިންޖީނުގެތަކާ ގުޅޭގޮތުން ސުވާލު ކޮށްފަ އެވެ. އެގޮތުން ގިނަ ރަށްރަށުގެ އިންޖީނުގެތަކުގެ މަސައްކަތް ހުއްޓިފައި ހުރުމުން މެންބަރުން ވަނީ އެކަމާ ގުޅޭގޮތުން ސުވާލު ކޮށްފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޠާރިޤު ވިދާޅުވީ، ކުރީ ސަރުކާރުން ފެނަކަ އާ ހަވާލު ކޮށްގެން ގިނަ ރަށްރަށުގައި ކުރަން ފެށި ގިނަ މަސައްކަތްތައް ހުއްޓިފައި ހުރި ކަމަށެވެ. މިނިސްޓަރު ޠާރިޤު ވިދާޅުވީ ކުރީ ސަރުކާރުން ރަށްރަށުގެ އިންޖީޏުގެތަކުގެ މަސައްކަތް ކޮށްފައިވަނީ އިސްކަންދޭ ވަކި ތަރުތީބެއް ނެތި ކަމަށެވެ. އެހެންކަމުން ގިނަ މަސައްކަތްތައް ވަކި ހިސާބަކަށްގޮސް ހުއްޓިފައިހުރި ކަމަށާއި އައްޑޫ، ފުވައްމުލައް އަދި ކުޅުދުއްފުށީގެ އިންޖީނުގެތަކުގެ މަސައްކަތްތައްވެސް ހުއްޓިފައި ހުރިކަމަށް ވިދާޅުވި އެވެ. ފެނަކައިން ކުރިން އިންޖީނުގެ އެޅުމުގެ މަސައްކަތް ކުރަމުން ދިޔައީ ޕްލޭނެއް ނެތި ކަމަށާއި ރަނގަޅަށް މަސައްކަތް ކުރިނަމަ އެ މަސައްކަތްތައް މިއަދު ނިމިފައި ހުންނާނެ ކަމަށް ވިދާޅުވިއެވެ. މިނިސްޓަރު ޠާރިޤު ވިދާޅުވީ އެންމެ ބޭނުންވާ ސަރަހައްދުތައް ބަލައިގެން މަސައްކަތްތައް ކުރިއަށްގެންދިއުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.

އިންޖީނުގެތަކުގެ މަސައްކަތް ނުނިމި ހުއްޓިފައި ހުރި މައްސަލައިގައި ޒިންމާވާންޖެހޭނީ ކޮންފަރާތަކުންތޯ މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޠާރިޤު ވިދާޅުވީ މިހާރުގެ އެންވަޔަރަންމަންޓް މިނިސްޓަރުގެ ހައިސިއްޔަތުން އެކަމަށް ޒިންމާވާން ނުޖެހޭނެ ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަނީ މިނިސްޓަރީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކުންފުނިތަކާ ބައްދަލުކޮށްގެން ކަމަށާއި އަދި އެކުންފުނިތަކަށް ސަރުކާރުގެ ޕޮލިސީ ޑައިރެކްޝަން ބަރާބަރަށް ދެމުންދާކަމަށް މިނިސްޓަރު ޠާރިޤު ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވީ ކުރީ މިނިސްޓަރު ކަންކުރިގޮތް އެނގިނުލައްވާ ކަމަށާއި، ގާތުން ކަންކަން ބެއްލެވިނަމަ ކުންފުނިތަކުގެ ހާލަތު މިހާރު އޮތްގޮތަށް ނޯންނާނެ ކަމަށެވެ. އަދި މިސަރުކާރުން މަސައްކަތް ކުރަނީ ކުންފުނިތަކަކީ ރަނގަޅަށް ޕާފޯމް ކުރާ ކުންފުނިތަކަށް ހެދުމަށް ކަމަށްވެސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިސް މިނިސްޓަރ ޠާރިޤު އިބްރާހީމް ފެނަކަ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ