ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ، ރަސްމީ މެއިލްތައް ޑްލީޓްކޮށްލި މައްސަލަ ފުލުހުން ތަހުޤީޤްކުރަނީ

Advertisement

އެންމެ ފަސް

Advertisement

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ، ރަސްމީ މެއިލްތައް ޑްލީޓްކޮށްލި މައްސަލަ ފުލުހުން ތަހުޤީޤްކުރަން ފަށައިފި އެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ބޭނުން ކުރައްވަމުންގެންދެވި ރަސްމީ މެއިލްގައިވާ ހުރިހާ މެއިލްއެއް 2023 ވަނަ އަހަރުގެ ތެރޭގައި ޑްލީޓްކޮށްލި މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ. އަދި އެ މައްސަލަ އެ އިދާރާއަށް ހުށަހެޅިފައިވަނީ މި މަހުގެ 25 ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ހުށަހެޅި އެ މައްސަލައާ ގުޅިގެން، މިހާރު އެ މައްސަލަ އެ ހިދުމަތުން ތަހުޤީޤްކުރަމުން އަންނަ ކަމަށެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ތަހުޤީޤްކުރަމުން އަންނަނީ ސީދާ ޑރ. އައިޝަތު އަލީގެ މައްސަލައެއް ކަމެއް ވިދާޅެއް ނުވެ އެވެ. ނަމަވެސް 2023 ވަނަ އަހަރުގެ ނިޔަލަށް އެޑިއުކޭޝަން މިނިސްޓަރުކަމުގައި ހުންނެވީ ޑރ. އައިޝަތު އަލީ އެވެ. ޑރ. އައިޝަތު އަލީ އަކީ، ނިމުނު އެމްޑީޕީގެ ވެރިކަމުގައި 2018 ވަނަ އަހަރު މިނިސްޓަރުކަމުގެ މަޤާމާއި ހަވާލުވެވަޑައިގެންނެވި ބޭކަނބަލެކެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް ޑރ. އައިޝަތު އަލީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ