ހާރިޖީ ސިޔާސަތު ގައުމުތަކުންނާއި، އިންވެސްޓަރުން ބަލައިގެންފި: މިނިސްޓާ ޒަމީރު

Advertisement

Advertisement

އެންމެ ފަސް

Advertisement

ސަރުކާރުގެ ފޮރިން ޕޮލިސީ ރާއްޖެއަށް އިންވެސްޓް ކުރާ ފަރާތްތަކާ، ގައުމުތަކުގެ ވެރިންވެސް ބަލައިގަންނަ ކަމަށް ހާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ހާރިޖީ ވަޒީރު މިގޮތަށް ވިދާޅުވީ ރޭ ދައުލަތުގެ މީޑިއާއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން ނެވެ.

ދައުލަތުގެ މީޑިއާއާއި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ މާލީ ދަތިކަމަކީ ވަގުތީ ހާލަތެއް ކަމަށާއި އެ ހާލަތުން އަރައިގަތުމަށް ބޭރު ގައުމުތަކުން އެހީވާން ތައްޔާރަށް ތިއްބެވި ކަމަށެވެ.

ބައިނަލްއަގްވާމީ މާހިރުންވެސް ރާއްޖޭގެ މާލީ ރިފޯމް ބަލައިގަންނަ ކަމަށް ޒަމީރު ވިދާޅުވީ ޗައިނާއަށް ދާދި ފަހުން ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށްފަހު އެވެ. އެ ދަތުރުފުޅުގައި ޒަމީރު ވަނީ ޗައިނާގެ އިސް އޮފިޝަލުންނާއި އެކި އެކި ކަންކަމުގައި މަޝްވަރާތައް ކުރައްވާފަ އެވެ.

މި ޕްރޮގްރާމްގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން، ހާރިޖީ ސިޔާސަތުގައި ލިބިފައިވާ ކުރިއެރުންތަކަށް އަލި އަޅުވާލައްވަމުން ދިވެހިރާއްޖޭން ހުރިހާ ގައުމަކާ އެކުވެސް ގުޅުން ބަދަހިވެފައި އޮތުމުގެ ނަތީޖާއެއް ކަމަށް ވިދާޅުވީ މިހާރު ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަމުން އަރައިގަތުމަށް ބޮޑެތި ގައުމުތަކުން އެހީތެރިވެދެއްވާތީ އެވެ. މީގެ އިތުރުން، ދިވެހިރާއްޖޭން މަލްޓިލެޓެރަލް ޕްލެޓްފޯމްތަކުގައި ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދާކަމާއި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ހަރުދަނާ ސިޔާސަތަށް އދ. ގެ ސެކްރެޓަރީ ޖެނެރަލްވެސް ފާހަގަކުރައްވާ ކުދި ޤައުމުތަކަށް އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ކަންކަމުގައި ރާއްޖޭން އިސްނަގައިގެން އަދާ ކުރާ ދައުރު މިނިސްޓަރ ފާހަގަކުރައްވި އެވެ.

ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ކޮންސިޔުލާ ހިދުމަތް ދިނުމުގެ އިތުރުން، ރާއްޖޭގެ ވިޔަފާރި އާއި އިންވެސްޓުމަންޓު އަދި ޓޫރިޒަމް ޕްރޮމޯޓުކުރުމުގެ މަސައްކަތްތައް ދިވެހި މިޝަންތަކުން ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރެއް ކަމަށް ޒަމީރު ފާހަގަކުރެއްވި އެވެ.

ހާރިޖީ ވުޒާރާގައި މަސައްކަތް ކުރަމުންދަނީ މި ސަރަހައްދުގައި ވެސް އެންމެ ތަޖުރިބާކާރު ހާރިޖީ ދާއިރާގެ ބޭފުޅުން ކަން ފާހަގަކުރައްވައި މިނިސްޓަރ ޒަމީރު ވިދާޅުވީ، ރައީސް މުއިއްޒު އައްޔަނުކުރައްވާފައިވާ ސަފީރުންނާ ވަރަށް ގާތުން ހާރިޖިއްޔާގެ ޓީމުތައް މަސައްކަތް ކުރަމުންދާ ކަމަށެވެ. މިގޮތުން، ރާއްޖެއަށް މަޝްރޫއުތަކާއި އިންވެސްޓުމަންޓު އަދި ޓޫރިޒަމް ޕްރޮމޯޓުކުރުމާއި ސަރުކާރުގެ ތަރައްގީގެ އެޖެންޑާ ބޭރު ދުނިޔެއާ ހިއްސާކުރުމުގެ މަސައްކަތްތައް ކޮންމެ ދުވަހަކު ވެސް އެ މިޝަންތަކުން ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވި އެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ