ފާއިތުވި ދެ ހަފްތާގައި ބާނާފައިވާ މަހަށް މަސްވެރިން ދޭންޖެހޭ 2.1 މިލިއަން ރުފިޔާ މިފްކޯއިން ދޫކޮށްފި އެވެ.
މިފްކޯއިން އިން އިއްޔެ ބުނީ ޖުލައި 13 އިން މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިން ކިރުވި 136 މެޓްރިކް ޓަނުގެ މަހަށް، 2.1 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަަމަށެވެ.
މިފްކޯއިން އިތުރަށް ބުނީ ދިވެހި ސަރުކާރާއި ފިޝަރީޒް މިނިސްޓްރީގެ އެހީތެރިކަމާއެކު މިދުވަސްވަރު މަސްވެރިން ބާނާ މަހަށް ދެ ހަފްތާގެ ތެރޭގައި ފައިސާ ދޫކުރެވޭ ކަމަށެވެ. އަދި މި މަސައްކަތް ކުރިއަށް ގެންދިއުމުގައި ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް މިފްކޯގެ ޓީމަށް ދެއްވާ ހާއްސަ އަހައްމިއްޔަތުކަމާއި އެހީތެރިކަމަށް ޝުކުރު ކޮށްފައި ވެއެވެ.
މި ދުވަސްވަރު މަސްވެރިކަން ދަށްވުމުން މިފްކޯއަށް ލިބޭ މަހުގެ އަދަދުވެސް މަދުކަން އެ ކުންފުނިން ފާހަގަކޮށްފައިވެ އެވެ.
