ދިވެއްސަކާއި ކައިވެނިކޮށްގެން އުޅޭ ބިދޭސީއަކާއި ގުޅުންހުރި ތަނަކުން 22 ބިދޭސީން ހައްޔަރުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ދިވެއްސަކާއި ކައިވެނިކޮށްގެން އުޅޭ ބިދޭސީއަކާއި ގުޅުންހުރި ތަނަކުން 22 ބިދޭސީން ހައްޔަރުކޮށްފި ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ސޯޝަލްމީޑިއާގައި ކަންބޮޑުވުން ފާޅުކޮށް، ހިއްސާކޮށްފައިވާ މައުލޫމާތާއި ގުޅިގެން ހޮނިހިރު ދުވަހުގެ ރޭ  ހުޅުމާލެއިން 3ބުރީގެ އިމާރާތެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.  މިތަނުގައި ކާބޯތަކެތީގެ ވިޔަފާރިކޮށް، ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިއަ 22 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް އެ ޕޯސްޓުގައި ބުނެފައި ވެއެވެ.

މި ތަނަކީ ދިވެހި އަންހެނަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީ ފިރިހެނަކާއި ގުޅުން އޮތް ތަނެއް ކަމަށް އެ މުއައްސަސާއިން ހާމަކުރި އެވެ. އަދި މި މައްސަލަ އިމިގްރޭޝަނުން ދަނީ މިހާރު ތަހުގީގުކުރަމުން ނެވެ. މިއީ މިހާތަނަށް ހުޅުމާލޭގައި ހިންގުނު އެންމެ ބޮޑު އެއް އޮޕަރޭޝަން ކަންވެސް އިމިގްރޭޝަނުން ފާހަގަކުރި އެވެ.

އެ މުއައްސަސާއިން ބުނީ މިފަދަ އޮޕަރޭޝަންތަކުގެ ތެރެއިން ހައްޔަރު ކުރެވޭ ބިދޭސީންނަށް، ގާނޫނީ ފިޔަވަޅުތަކުން ރާއްޖޭގައި ދެމިތިބުމުގެ އިތުރު ފުރުސަތު އިތުރު ނުދޭނެ ކަމަށާއި ވަގުތުން ޑީޕޯޓް ކުރާނެ ކަމަށެވެ.

ނޮވެމްބަރު 17، 2023 އިން ފެށިގެން ޖުލައި 11، 2024 އާ ހަމައަށް ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅޭތީ ނުވަތަ ގަވާއިދާ ހިލާފަށް ވިޔަފާރި ހިންގުމުގެ ސަބަބުން 2،000 އަށް ވުރެ ގިނަ ބިދޭސީން އަނބުރާ އެމީހުންގެ ގައުމުތަކަށް ފޮނުވާލާފައި ވެއެވެ.

އިމިގްރޭޝަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ