ޗައިނާގެ ބޭންކެއްގެ ގޮތްޕެއް ރާއްޖޭގައި ހުޅުވަން ޝައުގުވެރިކަން ފާޅުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ޗައިނާގެ ބޭންކެއްގެ ގޮތްޕެއް ރާއްޖޭގައި ހުޅުވަން ޝައުގުވެރިކަން ފާޅުކޮށްފި ކަމަށް ހާރިޖީ ވަޒީރު މޫސާ ޒަމީރު ހާާަމަކުރައްވައިފި އެވެ.

މިނިސްޓަރު މިކަން ހާމަކުރެއްވީ އަސްލު ޓީވީގެ ޕްރޮގްރާމަކަަށް ރޭ ދެއްވި އިންޓަވިއުއެެއްގަ އެވެ.

މި އިންޓަވިއުގައި ވާހަކަދައްކަވަމުން ޒަމީރު ވަނީ މިނިވަން ދުވަހުގެ ޖަލްސާގައި ރާއްޖޭގެ ޖީޑީޕީއާއި ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުގެ މައްޗަށް އަލިއަޅުވާލައްވާފަ އެވެ. އެ ޖަލްސާގައި ރައީސް ވަނީ މިހާރު ރާއްޖޭގައި ބޮލަކަށް ޖީޑީޕީގެ ނިސްބަތުން 13،000 ޑޮލަރު އަރާ ކަމަށް ވިދާޅުވެފަ އެވެ. އެ އަދަދު 2028 އާއި ހަމައަށް އަރާއިރު 17،000 ޑޮލަރަށް ބަދަލުކުރަން އަމާޒު ހިއްޕަވާ ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.

އެ އަމާޒު ހާސިލުކުރުމަށްޓަކައި ހާއްސަ ބޭންކެއް ރާއްޖޭގައި ހުޅުވަން އެމްއޯޔޫއެއްގައި ސޮއިކުރަން އުޅޭކަމަށް މިނިސްޓަރު ހާމަކުރެއްވި އެވެ. ޗައިނާގެ ފޮރިން މިނިސްޓަރު ވިދާޅުވިކަމަށްޓަކައި ސަފީރު މިހާރު ޗައިނާއާއި އެކަމުގެ މަޝްވަރާ ކުރުމަށްޓަކައި ޗައިނާގެ ޕްރޮވިންސްއަށް މިހާރު ވަޑައިގެންފައިވާ ކަމަށް ޒަމީރު ވިދާޅުވި އެވެ.

”13 ހާސް ޑޮލަރުން 17 ހާސް ޑޮލަރަށް ސްޕޭސް އިތުރުކުރައްވާފައި އެ އިތުރުކުރެއްވުމަށްޓަކައި ދެން ކުރައްވާ ކަންކަން، އޭގެ ތެރޭގައި ޑިވެލޮޕްމަންޓް ބޭންކެއްގެ ވާހަކަ އެ ވިދާޅުވީ، އޭގެ އިތުރުން ޗައިނާގެ އިތުރު ބޭންކެއް ރާއްޖެއަށް ގެނައުމަށްޓަކައި އެމްއޯޔޫއެއްގައި އެބަ ސޮއި ކުރޭ“

މީގެ އިތުރަށްވެސް، މިހާރު ރާއްޖޭގައި ހުރި އިގްތިސާދީ ދަތިތަކުން އަރައިގަންނަން ހުސް އެކަނި މާލީ އެހީގެ ބަދަލުގައި ލޯންތައް ޑިފާކުރުން ފަދަ ގޮތްގޮތަށް ބޭރުން އެހީވާ ކަމަށް ޒަމީރު ވިދާޅުވި އެވެ. ޒަމީރު ވިދާޅުވީ ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަން ދެމިއޮންނާނީ ކުޑަ ދުވަސްވަރަކަށް ކަމަށް ރާއްޖެއަށް ޗައިނާއިން ފީޑްބެކް ދީފައިވާ ކަމަށެވެ. އެގޮތުން ، ރާއްޖޭގައި މިވަގުތު މާލީ ހާލަތު ގޯސް ނަމަވެސް، ރައީސް ކުރައްވާ މަސައްކަތްޕުޅުން އިގްތިސާދީ ހާލަތު އަލުން އާރާސްތުވާނެ ކަމަށް ގަބޫލުކުރައްވާ ކަން ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވިކަމަށް ޒަމީރު ފާހަގަކުރެއްވި އެވެ. އަދި އެކަމުގައި ޗައިނާއިން ވެވެން އޮތް އެހީއެއް ވެދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ޗައިނާއާއި ޔޫއޭއީއިން ވަނީ 5 އަހަރު ދުވަހަށް ރާއްޖެއިން އެގައުމުތަކަށް ދައްކަންޖެހޭ ލޯން އަނބުރާ ދެއްކުމުގެ މުއްދަތު ފަސްކުރަން ނިންމާފަ އެވެ.

ރާއްޖެ - ޗައިނާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ