މެންބަރަކަސް, މިނިސްޓަރަކަސް ކަރަންޓު ބިލަށް ފައިސާ ނުދައްކާނަމަ ފިޔަވަޅު އަޅާނަން

Advertisement

Advertisement

އެންމެ ފަސް

Advertisement

ކަރަންޓު ބިލަށް ފައިސާ ނުދައްކާ މައްސަލައިގައި މިސަރުކާރުން ވަކި މީހަކާމެދު ތަފާތު ނުކުރާނެ ކަމަށާއި ބިލަށް ފައިސާ ނުދައްކާނަމަ ފިޔަވަޅު އަޅާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ. 

”ޖަވިޔަނި“ އަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައި އެމްޑީ ފަހުމީ ވިދާޅުވީ, މީގެކުރީގެ ވާހަކަ ދައްކަން ބޭނުންނުވާ ކަމަށާއި މިސަރުކާރުގައި މަޖިލިސް މެންބަރަކަށް, ވަޒީރަކަށް ނުވަތަ ނުފޫޒު ގަދަ ބޭފުޅަކަށް ފައިސާ ނުދައްކާ ކަރަންޓުގެ ހިދުމަތް ދީފައި ނުހުންނާނެ ކަމަށެވެ. ފަހުމީ ވިދާޅުވީ ކަރަންޓު ބިލަށް ފައިސާ ނުދައްކާނަމަ އެތަނަކުން ކަރަންޓު ކަނޑާލާނެ ކަމަށެވެ.

”މާނައަކީ ބިލްތަކަށް ފައިސާ ނުދައްކަންޏާ ފިއުޒް ނަގާނަމޭ, ނުވަތަ އެބަޔަކު އަންނަންވާނެ, އަޅުގަނޑުމެންނާ އައިސް އެއްބަސްވުމެއް ހަދަންވާނެ ފައިސާ ދެއްކޭނެ ގޮތެއް.“ ފަހުމީ ވިދާޅުވި އެވެ. 

ފަހުމީ ވިދާޅުވީ ކުރިން ހެދިހެން އަހަރު ދެއަހަރު ވަންދެން ފައިސާ ނުދައްކާތިއްބަސް ފިއުޒް ނުނަގާ ދޫކޮށްލި ގޮތަށް މިހާރު ދޫނުކުރާނެ ކަމަށެވެ. 

މެންބަރަކަށްވިޔަސް, މިނިސްޓަރަކަށްވިޔަސް ކަރަންޓު ބިލަށް ފައިސާ ނުދައްކާ އޮތްނަމަ ފިޔަވަޅު އަޅާނެ ކަމަށް ފަހުމީ ވިދާޅުވި އެވެ. ސްޓެލްކޯއިން އަބަދުވެސް އަމަލުކުރަން ބޭނުންވަނީ ހުރިހާ ރައްޔިތުންނަށް ހަމަހަމަކޮށް ކަމަށާއި ވަކިބަޔަކަށް ނާޖައިޒު ފައިދާ ނެގޭގޮތަކަށް އަމަލު ނުކުރާނެ ކަމަށެވެ. 

މީގެކުރިން ބޮޑެތި އަަދަދުތަކުން ބިލް ނުދައްކާ ތިބި ފަރާތްތައް އަދިވެސް އެބަތިބިކަން ފާހަގަކޮށް ފަހުމީ ވަނި އެފަދަ ފަރާތްތައްވެސް ސްޓެލްކޯއާއެކު އެއްބަސްވުމަށް އައިސް ބިލަތަކަށް ފައިސާ ދައްކާނެ ޝެޑިއުލަކަށް އައުމަށް އެދިވަޑައިގެންފަ އެވެ. 

ހުސައިން ފަހުމީ ކަރަންޓުގެ ހިދުމަތް ސްޓެލްކޯ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ