މިނިވަން ދުވަހުގައި ސްޓެލްކޯއަށް ފަހުރު ހޯދައިދިން 16 މުވައްޒަފުންނަށް ހާއްސަ ހަފްލާއެއް

Advertisement

Advertisement

އެންމެ ފަސް

Advertisement

ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރައްވައިގެން ޝަރަފާއި މެޑަލް ހާސިލްކުރި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިިމިޓެޑް (ސްޓެލްކޯ)ގެ 16 މުވައްޒަފުންގެ ޝަރަފުގައި މިއަދު ސްޓެލްކޯގެ ހެޑް އޮފީހުގައި ވަނީ ހާއްސަ ހަފްލާއެއް ބާއްވައިފި އެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން ސްޓެލްކޯއިން ދޭ ހިދުމަތް ހީނަރުވެއްޖެނަމަ ދިވެހި ދައުލަތް ހީނަރުވެ، ދިވެހި ދައުލަތުގެ އިގުތިސާދީ މިނިވަންކަން ހީނަރުވާނެކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވި އެވެ.

ފަހުމީ ވިދާޅުވީ ކަރަންޓާއި ނުލައި ގައުމުގެ އިގުތިސާދީ މިނިވަންކަން ޔަގީން ނުކުރެވޭނެ ކަމަށެވެ.


ކުންފުނީގެ ހިދުމަތް އިތުރަށް ފުޅާކޮށް، އިތުރު ފުރިހަމަ ކަމާއިއެކު ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ހުރިހާ މުވައްޒަފުންވެސް އެއްވެސް ހީނަރުކަމެއް ނެތި މަސައްކަތް ކުރުމަށް ފަހުމީ އިލްތިމާސް ކުރެއްވި އެވެ.

”އަޅުގަނޑުމެން ހިދުމަތް ކުރަނީ، އަދި މިހާތަނަށް ހިދުމަތް ކުރަމުން މި ދަނީ، އަދި މުސްތަގުބަލްގައި ހިދުމަތް ކުރާނީ ދިވެހި ދައުލަތަށް. އެހެންކަމުން ދިވެހި ދަޢުލަތަށް ހިދުމަތްކޮށްދިނުމުގަ އަޅުގަނޑުމެން ތިބެންވާނީ ފިސާރި ކެރިގެން. އެކަމުގަ ހީނަރުކަމެއް އައިސްގެން ނުވާނެ. ބައެއް ފަހަރަށް ހީވެދާނެ ސްޓެލްކޯއަށޭ (ހިދުމަތް ކުރަނީ). ސްޓެލްކޯއެއް ނޫންކަން އަޅުގަނޑުމެންނަށް ޔަގީން ދެއްތޯ؟ ސްޓެލްކޯއަށް ހިދުމަތްކުރުމަކީ ދިވެހި ދައުލަތަށް ހިދުމަތް ކުރުން. އެހެންކަމުން އަޅުގަނޑުމެން މި ދޭ ހިދުމަތުގަ، ރައްޔިތުންނަށް މި ދޭ ހިދުމަތުގަ އަޅުގަނޑުމެން ހީނަރުވެއްޖެޔާ ދިވެހި ދައުލަތް ހީނަރުވެ، އަދި ދިވެހި ދައުލަތުގެ އިގުތިސާދީ މިނިވަންކަން ހީނަރުވާނެކަމީ ޔަގީންކަމެއް“

”ޖަވިޔަނި“ އާއި ވާހަކަދައްކަވަމުން ސްޓެލްކޯގެ އެމްޑީ ވަނީ އެކުންފުނީގެ އެންމެ އަގުހުރި ރައުސްމާލަކީ ކުންފުނީގެ މުވައްޒަފުން ކަން ފާހަގަކުރައްވާފަ އެވެ. އަދި ހުކުރު ދުވަހުގެ ރޭ ބޭއްވި 59 ވަނަ މިނިވަންދުވަހުގެ ޖަލްސާގައި ދައުލަތަށް އެންމެ ގިނަ ދުވަހު ހިދުމަތްކުރެއްވި ފަރާތްތަކުގެ ގޮތުގައި ސްޓެލްކޯގެ 16 މުވައްޒަފުންނަށް މެޑަލް ލިބުނުކަން ފާހަގަކުރެއްވި އެވެ. ފަހުމީ ވިދާޅުވީ އެނގިފައިވާ ގޮތުގައި މި ޖަލްސާގައި ދައުލަތަށް އެންމެ ގިނަ ދުވަސް ވަންދެން ހިދުމަތްކުރި ކަމުގެ މެޑަލް ހާސިލުކުރެވިފައިވަނީ ސްޓެލްކޯގެ މުވައްޒަފުންނަށެވެ.

ސްޓެލްކޯއިން ވަނީ އެ މުވައްޒަފުންނަށް މިއަދު ބޮޑުބެރުގެ ހަރަކާތަކުން ރަތްދޫލައިގެ މަރުހަބާއެއް ކިޔާފަ އެވެ.

ހުސައިން ފަހުމީ ސްޓެލްކޯ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ