”ރާއްޖޭގައި ހުރުމުގެ ހުއްދަނެތް އެއްވެސް ބިދޭސީއަކު ރާއްޖޭގެ އެއްވެސް ތަނެއްގައި ބެހެއްޓުމަކީ ކުށެއް“

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގައި ހުރުމުގެ ހުއްދަނެތް އެއްވެސް ބިދޭސީއަކު ރާއްޖޭގެ އެއްވެސް ތަނެއްގައި ބެހެއްޓުމަކީ ކުށެއް ކަމަށް ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވެއްޖެ އެވެ.

ޝަމްއާން މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

މި ޕޯސްޓުގައި ޝަމްއާން ވިދާޅުވީ ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނުގެ 30ވަނަ މާއްދާގެ ދަށުށް ރާއްޖޭގައި ހުރުމުގެ ހުއްދަނެތް އެއްވެސް ބިދޭސީއަކު ރާއްޖޭގެ އެއްވެސް ތަނެއްގައި ބެހެއްޓުމަކީ ކުށެއް ކަމަށާއި އެ ގާނޫނުން ހާސިލުކުރަން ބޭނުންވާ މަގްސަދުތައް ހާސިލުވިޔަ ނުދިނުމުގެ ގޮތުން އަމަލެއް ކުރުމަކީވެސް ކުށެއް ކަމަށެވެ.

 އެފަދަ ފަރާތްތަކާއިމެދު ގާނޫނުގެ 33ވަނަ މާއްދާގެ ދަށުން، ފިޔަވަޅު އެޅޭނެ ކަމަށްވެސް ޝަމްއާން ވިދާޅުވި އެވެ.

އިމިގްރޭޝަން ގާނޫނުގެ 33 ވަނަ މާއްދާގައި ބުނަނީ ގާނޫނުގައި ބަޔާންވެގެންވާގޮތާ ހިލާފަށް ކަމެއް ކުރުމަކީ، ނުވަތަ މި ގާނޫނުން ހާސިލުކުރަން ބޭނުންވާ މަގްސަދުތައް ހާސިލުވިޔަ ނުދިނުމުގެ ގޮތުން އަމަލެއް ކުރުމަކީ، ކުށެއް ކަމަށެވެ. އެކުށުގެ އަދަބެއް ކަމަށް އެގާނޫނުގައި ބުނެފައި ވަނީ އެފަދަ ކުށެއް ކުރި ދިވެހި ރައްޔިތެއްނަމަ އެމީހެއްގެ އަދަބަކީ -/50,000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.

ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ލައްވާ މަސައްކަތް ކުރުވާ ފަރާތްތަކާއި މެދު އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމުގެ އިހްތިޔާރު އިމިގްރޭޝަން ކޮންޓްރޯލަރއަށް އޮންނަކަން ޝަމްއާން ވަނީ މީގެކުރިންވެސް ފާހަގަކުރައްވާފަ އެވެ.

އެއާއެކު، އިމިގްރޭޝަން ގާނޫނުގެ ދަށުން ރާއްޖޭގައި ބިދޭސީންނާއެކު ފައިސާގެ މުއާލާތްތައް ހިންގުމާއި، މަސައްކަތްކުރުމުގެ ހުއްދަނެތް ބިދޭސީއެއް ލައްވާ އެއްވެސް މަސައްކަތެއް ކުރުވުމަކީ ގާނޫނީ ކުށެށް ކަމަށާއި މިކަމުގެ އަދަބު ގާނޫނުން ކަނޑައެޅިފައިވާކަންވެސް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފައި ވެއެވެ.

އިމިގްރޭޝަންގެ މަގްސަދަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގައި ސަރުކާރުގެ އިދާރާތަކާއި ގުޅިގެން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަންތައް މުސްތަގުބަލުގައިވެސް ފުޅާކޮށް، މިފަދަ ބިދޭސީންގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ އަދި އިޖްތިމާއީ ފޭރާމަށް ލިބޭ ގެއްލުން ކުޑަކޮށް، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅުންކަން އިމިގްރޭޝަނުން ފާހަގަކުރެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ