މިއަހަރުގެ މިހާތަނަށް 143 މިލިޔަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވޭ: ފުލުހުން

Advertisement

އެންމެ ފަސް

Advertisement

މިއަހަރުގެ މިހާތަނަށް 143 މިލިޔަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން މިހެން ބުނީ އެ މުއައްސަސާއާއި މޯލްޑިވްސް ކަސްޓަމްސް ސަރވިިސްއިން އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތުދެއްވަމުން ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަދި ޑްރަގު އެންފޯސްމެންޓް ޑިޕާޓްމަންޓުގެ ހެޑް، ނާހިދު ހުސެއިން ވިދާޅުވީ މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހަށް ބަލާއިރު ކޮންމެ މަހަކުވެސް 10 ކިލޯއަށް ވުރެ ގިނަ އަދަދަކަށް މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށެވެ.

އެގޮތުން އެކި އޮޕަރޭޝަންތަކުގައި މިއަހަރުގެ މިހާތަނަށް 62 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާއިރު، އެތަކެތީގެ އަގު 143 މިލިއަން ރުފިޔާއަށްވުރެ ބޮޑު ކަމަށްވެސް ނާހިދު ވިދާޅުވި އެވެ.

”މަސްތުވާތަކެއްޗާއި ބަނގުރަލާއި އެކި ކަހަލަ ޕާޓީ ޑްރަގާއެކު މިހާތަނަށް އަޅުގަނޑުމެންނަށް ނެގިފަ ހުރި މަސްތުވާތަކެތީގެ އަގު އެބަ އަރާ 143 މިލިއަން ދިވެހި ރުފިޔާއަށް، މި ސްޓެޓްސްތަކަށް ބަލާއިރުވެސް މި މަސްތުވާތަކެއްޗަކީ އަޅުގަނޑުމެން އެންމެ ބޮޑަށް ސަމާލުކަންދީގެން މަސައްކަތް ކުރަން ޖެހިފައިވާ އެއް މައްސަލަކަން ފާހަގަކުރެވޭ. އަދި އަޅުގަނޑުމެންނަށް އަތުލެވޭ މިންވަރުވެސް އެކި ފަހަރު އެކި އަދަދުތައް މި ހުންނަނީ.“

ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތުދެއްވަމުން ޗީޕް އިންސްޕެކްޓަރ އޮފް ޕޮލިސް އަދި ޓްރެޕިކް އިންވެސްޓިގޭޓް ހެޑް، އަހުމަދު ވަހީދު ވިދާޅުވީ މިދިޔަ ބުދަ ދުވަހު އަބޫދާބީ މަގުން ރާއްޖެ އައި ޕާކިސްތާނުގެ މީހެއްގެ އަތުން 2.12 ކިލޯގެ ހިރޮއިން އަތުލައިގަނެފައިވާ ކަމަށެވެ. އަދި އެ ތަކެތީގެ އަގު 2 މިލިއަން ރުފިޔާ އަށް ވުރެ ބޮޑުވާނެކަމަށްވެސް ވަހީދު ވިދާޅުވި އެވެ.

ވަހީދު ވިދާޅުވީ އެ މައްސަލައާ ގުޅުން ހުރި ކަމުގެ ތުހުމަތުގައި އުމުރުން 25 އަހަަރުގެ ދިވެހި ފިރިހެނަކާއި 42 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ޕާކިސްތާނު މީހާއާއި ދިވެހި 2 ފިރިހެނުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރުމުގެ ހުއްދަ ކޯޓުން ދީފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި މައްސަލާގައި ތުހުމަތުކުރެވޭ އެހެން މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވަހީދު ވިދާޅުވި އެވެ.

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ