އެންމެ މުހިންމު ކަމަކީ ’އިންކްލޫސިވް ސޮސައިޓީ‘ އެއް އުފެއްދުން

Advertisement

Advertisement

އެންމެ ފަސް

Advertisement

މުޖުތަމަޢުގެ ތެރޭގައި ކުލުނުވެރިކަމާއި، އޯގާތެރިކަން ނެތި މިނިވަންކަން އިހުސާސުކުރެވެން ނޯންނާނެކަމުގައި ފާހަގަކުރައްވައި، އޯގާތެރި މުޖުތަމަޢެއް ޤާއިމުކުރުމަށް ބަލާއިރު އެންމެ މުހިންމު އެއްކަމަކީ ’އިންކުލޫސިވް ސޮސައިޓީއަކަށް‘ ނުވަތަ އެއްވެސް މީހަކު ބާކީނުކޮށް އެންމެންވެސް ޝާމިލުކޮށްގެން ކުރިއަށްދާ މުޖުތަމަޢަކަށް ހެދުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ސޯޝަލް ސެންޓަރުގައި ކުރިއަށްދިޔަ މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ ވަޒީރުންނާއި، ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، އަންހެން ބޭފުޅުންނަށް 100 މިލިއަން ރުފިޔާގެ ލޯން ސްކީމެއް މި ސަރުކާރުން ތަޢާއާރަފުކޮށްފައިވާކަން ފާހަގަކުރައްވައި މީގެ ތެރެއިން 25 އިންސައްތަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކުރުމަށް ނިންމަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މި ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އެގޮތުން އެފަދަ ފަރާތްތައް އުނގެނުމަށް ފަހި ފުރުޞަތު ދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސަރުކާރުން ކުރިއަށް އޮތް އޮގަސްޓް މަހު ’ސައިން ލޭންގުއޭޖް‘ ކޯސްތަކެއް އާންމުންނަށް ހުޅުވާލައްވާނެ ކަމުގަ އެވެ. އަދި އެކަމުގެ ސަބަބުން އެންމެން އެއްމުޖުތަމައެއްގެ ގޮތުގައި އުޅުމަށް މަގުފަހިވާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މުޖުތަމައުގެ ސަލާމަތަށްޓަކައި ޑްރަގުގެ ވަބާއިން ސަލާމަތްވާންޖެހޭކަމުގައި ފާހަގަކުރައްވައި މި ސަރުކާރުން ޑުރަގުގެ ވަބާއިން ސަލާމަތްވުމަށްވެސް މީގެކުރިން ދުވަހަކު ރާއްޖޭގައި ނުކުރާ މިންވަރަށް މަސައްކަތްކުރުމަށް އަޒުމް ކަނޑައަޅުއްވާފައިވާކަން ހާމަކުރެއްވި އެވެ. އަދި މަސްތުވާ ތަކެއްޗާ ގުޅޭ ޤާނޫނަށްވެސް މުހިންމު ބަދަލުތަކެއް ގެންނަވާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. ހަމަ އެއާއެކު މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތައްވެސް ބާކީ ނުކޮށް، އެ ފަރާތްތަކަށް ބޭނުންވާ ފަރުވާ ދިނުމަށް ފަހު މުޖުތަމައަށް އަލުން އަނބުރާ ގެނައުމަށް މަސައްކަތް ކުރައްވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމިއުނިޓީ ރިހިބިލިޓޭޝަން ސެންޓަރުތައް ގާއިމުކުރުމަށް މި ސަރުކާރުގެ ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރައްވާނެކަން ފާހަގަކުރައްވައި އެކަން ކާމިޔާބުކަމާއެކީ ހާސިލުކުރުމަށް އުންމީދުކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ރޭގެ ޖަލްސާގައި ވިދާޅުވި އެވެ. އަދި ގޭންގް ކުށްތައް މަނާކުރުމާބެހޭ ގާނޫނަށްވެސް މުހިންމު އިސްލާހުތައް ގެނެސް އެ މައްސަލައަށް އެދެވޭ ނަތީޖާއެއް ނެރުމަށް މި ސަރުކާރުން ކުރައްވާ މަސައްކަތްޕުޅުތައް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ހިއްސާކުރެއްވި އެވެ.

 

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ