ފުދުންތެރިކަން އިތުރުކުރުމުގެ ގޮތުން ވަރަށް މުހިންމު އިސްލާޙީ އެޖެންޑާއެއް ފަށައިފި: ރައީސް

Advertisement

އެންމެ ފަސް

Advertisement

ދިވެހިރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމުގެ ގޮތުން ވަރަށް މުހިންމު އިޞްލާޙީ އެޖެންޑާއެއް ފަށްޓަވާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިނިވަންދުވަހުގެ މުނާސަބަތުގައި ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފަރުދީގޮތުން މިނިވަންކަން އިހުސާސްނުވާނަމަ ގައުމުގެ މިނިވަންކަން އެ ފަރުދަކަށް އިހުސާސްނުވާނެ ކަމުގަ އެވެ. އެގޮތުން މި އިސްލާހީ އެޖެންޑާގެ ދަށުން ސަރުކާރުގެ އެތެރޭގެ ކަންކަން އެކަށީގެންވާގޮތެއްގައި ބައްޓަންކުރެވި، އަމިއްލަ ފަރުދުންނަށް އެފަރާތްތަކުގެ މަސައްކަތުން ފަރުދީ މިނިވަންކަން އިހުސާސްކޮށްދިނުމަށްޓަކައި ކުރައްވަމުންގެންދަވާ މަސައްކަތްތައް އެ މަނިކުފާނު ތަފުސީލުކޮށްދެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގައުމުގެ މިނިވަންކަން ޔަގީންވެގެންދާނީ އިގުތިސާދީ ސިޔާދަތާއި އަމިއްލަވަންތަކަމުގެ ސިޔާދަތާއި ދިފާއީ ސިޔާދަތު ޔަގީން ވެގެންކަމުގަ އެވެ. މި ސަރުކާރުން މި ވީ 8 މަސްދުވަހުގެ ތެރޭގައި މި ހުރިހާ ދާއިރާއަކުން ގިނަ މަސައްކަތްތަކެއްކޮށް އަދި މިހާރުވެސް ކުރަމުން އަންނަކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. އެގޮތުން ވަޒީރުންގެ މަޖިލީހުން 17 ބައްދަލުވުމެއް ބާއްވައި 225 ނިންމުމެއް މިހާތަނަށް ނިންމަވާފައިވާ ކަމަށާއި އިކޮނޮމިކް ކައުންސިލުން 56 ބައްދަލުވުމެއް ބާއްވަވައި 176 ނިންމެވުމެއް ނިންމަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. މީގެ އިތުރުން ސޯޝަލް ކައުންސިލުން 16 ބައްދަލުވުމެއް ބާއްވަވައި 48 ނިންމެވުމެއް ނިންމަވައި ތަންފީޒުކުރަން ފަށާފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މީގެ އިތުރަށްވެސް ރައީސް ވަނީ ރާއްޖޭގައި ފޮރިން އިންވެސްޓްމެންޓަށް ހާއްސަކުރެވިގެން ޤާނޫނެއް ތައާރަފްކުރުމަށްޓަކައި މިހާރުވާނީ ބިލު ހުށައެޅިފައިވާ ކަންވެސް ހާމަކުރައްވާފަ އެވެ. ނިމިދިޔަ 8 މަސްދުވަހުގެ ތެރޭގައި ބޭރުގެ ދަރަންޏާއި ދަރަނީގެ އިންޓްރެސްޓް ދެއްކުމަށްޓަކައި ލިބުނު ފައިސާއިން، ފައިސާ ޗާފުކުރުމަކާނުލައި 3.8 ބިލިޔަން ރުފިޔާ ދެއްކި ކަމަށްވެސް ރައީސް ހާމަކުރެއްވި އެވެ.

މިހާރު ބޮލަކަށް ޖެހެނީ 13،000 އެމެރިކާ ޑޮލަރު ކަމަށާއި 2028 ވަނަ އަހަރު އަންނަ އިރު ރާއްޖޭގައި ބޮލަކަށް ޖީޑީޕީގެ ގޮތުގައި 17،000 އެމެރިކާ ޑޮލަރަށް ބަދަލުވެގެންދިއުމަށް ރައީސް އަމާޒުހިއްޕަވާފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިހުރިހާ ކަމެއް ކުރައްވަނީ އެމަނިކުފާނު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެން ފުރަތަމަ ރައްޔިތުންނާ މުހާތަބުކޮށް ވިދާޅުވި ފަދައިން ގައުމުގެ މިނިވަކަން ކަށަވަރު ކުރުމަކީ އެމަނިކުފާނުގެ އެންމެ މަތީ ޒިންމާ ކަމުގައި ދެކެވަޑައިގެން ކަމުގަ އެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ